ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް: މެޓް

މާލެއަށް އުދައިގެ އަސަރު ކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއްކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން (މެޓް) އިން ބުނެފިއެވެ.

މެޓްއިން ބުނީ އުދަ އެރުން އެކަށީގެންވަނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައިކަމަށެވެ.

މި މަހުގެ 5 ވަނަ ދުވަހު މާލެއަށް އާދަޔާ ހިލާފަށް އުދަ އަރާފައިވާއިރު، އޭގެ ސަބަބުން ކޮންމެސް ވަރެއްގެ ގެއްލުންތަކަކާއިވެސް ކުރިމަތިވިއެވެ.

ކުރިއަށް އޮތް ދުވަތަކުގައި މޫސުން ރަނގަޅުވާނެކަމަށް ބުނެފައިވީ ނަމަވެސް، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށްފާނެކަމަށް މެޓް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނެފައިވާ ގޮތުގައި، މިއަދު ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އިތުރުން ގަނޑިއަކު، 5 މޭލާއި، 15 މޭލާއި ދެމެދުގެ ބާރުމިނެއްގައެވެ. ކަނޑު އާދައިގެ ވަރަކަށް މަޑުވާނެކަމަށް ލަފާކޮށްފައިވާއިރު، ރާޅު އުސްމިން އުފުލޭނެކަމަށް ބުނެފައިވަނީ 2 ފޫޓާއި، 5 ފޫޓާއި ދެމެދުގެ މިންވަރަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: