ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސް މޫސުމަށް ސަމާލުވޭ: މެޓް

މޫސުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބޮޑު ބަޔަކަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއިގުޅޭގޮތުން  މޫސުމީ ޙާލަތު ގޯސް ކަަމަށެވެ. އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެެއެވެ.

ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައިވާއިރު، ރާޅުގެ އުސްމިން ހުރީ ހަ ފޫޓާއި ތިންފޫޓާއި ދޭތެރޭގައެވެ. ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާނެ ކަމަށެވެ.

އޮކްޓޫބަރ ގައި ގިނަ ހިސާބުތަކަށް ވާރޭ ވެހޭ މިންވަރު، އިތުރުވާނެކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި މި ދުވަސްވަރު ފިނިހޫނުމިން ހުރިހާ ހިސާބެއްގައިވެސް އާންމު މިންގަނޑަށްވުރެ މަތި ވާނެކަމަށް ބެލެވޭކަންވެސް ވަނީ ފާހަގަކުރެވިފައި ކަމަށް މެޓުން ބުނެއެވެ. މިއީ މިއަދުންފެށިގެން މާދަމާާ އާއި ހަމަޔަށް މޫސުން ދައްކާ ގޮތް ކަމަށްވެސް މެޓުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: