ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވަގުތު ދިވެހިރާއްޖޭގައި އިންސާފާއި ހަމަހަމަކަމެއް ނެތް: ނާޒިމް

އެމްއެންޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މިވަގުތު އިންސާފާއި ހަމަ ހަމަކަން ނެތްކަމަށާއި އެކަމަކީ ދިވެހިން ގަބޫލުކުރާނެ ހަގީގަތްކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީއިން މ މުލަކުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މިވަގުތު ރާއްޖޭގައި އިންސާފާއި ހަމަހަމަކަން ނެތްކަމަކީ ދިވެހި އެންމެހާ ރައްޔިތުންވެސް ގަބޫލުކުރާނެކަމެއްކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި މުއްސަނދިންނާއި ފަގީރުން ދެމެދު ބޮޑެތި ތަފާތުތަކެއް ހުރިކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައްވެސް ބޮޑުވެފައިވާކަމަށާއި އެ މައްސަަލަތަކަށް ހައްލުތައް ހޯދައި އިސްލާހުކުރަންޖެހޭކަމަށް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، ހުރި މައްސަލަތައް ހައްލުކުރެވޭނީ އެ މަސައްކަތްތައް ދަންނަ ގާބިލު މީހަކު އެ ކަންކަމާއި ހަވާލުވެގެންކަމަށެވެ.

އޭނާ ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި ރައްޔިތުންނާއި ހިސާބަށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަންކަން ހިމެނޭހެން އެކުލަވާލެވިފައިވާ މެނިފެސްޓޯގައި ގިނަ އަދަދެއްގެ މުހިންމު ކަންކަން ހިމަނާފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެންޕީއިން ވެރިކަމާއި ހިސާބަށް ވާސިލުވުމަށް މަސައްކަތްކުރަމުންދަނީ އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށްވެސް ސިޔާސަތެއް ހިފައިގެންކަމަށެވެ. ނާޒިމް ވިދާޅުވީ، އޭނާ ވެރިކަމަށް ވާސިލުވުމަށް މަސައްކަތްކުރަމުންދަނީ ރާއްޖެއަށް އިގްތިސާދީ ގޮތުން ބޮޑު ބަދަލުތަކެއް ގެނައުމުގެ ނިޔަތުގައިކަމަށާއި މަސައްކަތްކުރައްވަމުންދަނީ ދިވެހިން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށްކަމަށްވެސް ފާހަގަކުރެއްވިއެވެ. ނާޒިމް ވިދާޅުވީ، އޭނާ މަސައްކަތްކުރައްވަމުންދަނީ ދިވެހިންނަކީ މުއްސަނދިކަމުގެ ނަފާ ލިބިގެންދާ ބަޔަކަށް ހަދައި ޖީބުތައް ބަރުކޮށްދިނުމަށްކަމަށެވެ.

މ އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުގައި ގިނަ އަދަދެއްގެ ރަށްތަކަށް ޒިޔާރަތްކުރެއްވިފައިވާކަމަށް އަލިއަޅުއްވައި ނާޒިމް ވިދާޅުވީ، ކުރެއްވި ދަތުރުތަކުން އެނގިގެންދިޔައީ ދެ ސަރުކާރަކުން އެ ސަރަހައްދުގެ ރަށްތަކަށް އިހުމާލުވެފައިވާކަން ކަމަށެވެ. އޭނާ ވިދާޅުވީ، ފެނާއި ނަރުދަމާގެ ނިޒާމެއް ބިނާކުރުމުން ނުވަތަ ބަނދަރެއް ހަދާލުމުން ރައްޔިތުންނަށް އެކަމުގެ ސަބަބުން މާލީ ތަނަވަސްކަމެއް ލިބިގެން ނުދާނެކަމަށެވެ. އޭނާ ވިދާޅުވީ، އިސްވެ ދެންނެވީ އަސާސީ ހިދުމަތްތައްކަމަށާއި އެކަންކަމަކީ ގާނޫނުއަސާސީގެ ދަށުން ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ ސަރުކާރެއްގެ މައްޗަށްވެސް ލާޒިމުވާކަމެއްކަމަށެވެ.

ނާޒިމް ވިދާޅުވީ، ލާޒިމުކޮށްފައިވާނަމަވެސް އެކަންކަންވެސް ނުވެ އޮތް މަންޒަރު ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، މ މުލީގައިވެސް އަސާސީ ބައެއް ކަންކަން ފުރިހަމަ ކުރެވިފައިނުވާކަން އެ ރަށުންވެސް އޭނާ އާއި ހިއްސާކޮށްފައިވާކަމަށާއި އެހެންކަމުން އެމްއެންޕީން ވެރިކަމަށް އައުމަށް މަސައްކަތްކުރަމުންދަނީ އެކަންކަން ހާސިލުކޮށްދިނުމަށްކަމަށް ދަންނަވާކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަސާސީ ކަންކަން ފުރިހަމަކޮށްދިނުމުގެ އިތުރުން އިގްތިސާދީ ގޮތުން ދާއިރާތައް ބާރުވެރިކުރުވައި ރައްޔިތުން މުއްސަނދި ބަޔަކަށް ހެދުމަކީވެސް އެ ޕާޓީގެ ވެރިކަމެއްގެ އަމާޒެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: