ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީގެ ކަންކަމުގައި ދެ ޖިންސުގެ ވިސްނުމާއި ހިޔާލު އެއްކުރުމަކީ މުހިންމު ކަމެއް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީގެ ކަންކަމުގައި ދެ ޖިންސުގެ ވިސްނުމާއި ހިޔާލު އެއްކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

2023 ގެ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްފެއިން ދަތުރުގައި އއ. މަތިވެރިއަށް ވަޑައިގެން އެރަށުގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވިދާޅުވީ އާބާދީގެ 50 ޕަސަންޓަކީ އަންހެނުންނަށް ވާއިރު އެމީހުންގެ ވިސްނުން ނެތްނަމަ ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އެމަނިކުފާނު ގެނެސްދެއްވި އެއްބަދަލަކީ ކައުންސިލްގެ 33 ޕަސެންޓު އަންހެނުންނަށް ރިޒާރވް ކޮށްދެއްވުން ކަމަށެވެ.

ނަމަވެސް އަދި އިތުރު ބަދަލުތަށް ގެންނަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ބޭފުޅުންގެ އެލެވެސްއާއި މަސައްކަތް ކުރާނެޖާގަ ނެތުން އެއީ ދިމާވެފައިވާ ދަތިތަކެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދު ވެވަޑައިގަންނަވަނީ ރައްޔިތުންގެ ދިރިއުޅުން ބިނާ ކުރުމަށް ކަމަށާއި ރާއްޖެ މި އޮތް ހާލަތުން މިއަށްވުރެ ރަނގަޅު ހާލަތަކަށް ގެންދިއުމަށް ކަމަށެވެ. އެގޮތުން މަތިވެރިއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި މަތިވެރީގެ ފެނާ ނަރުދަމާގެ މަސައްކަތާއި، އައުއިންޖީނު ގެއެއް އަޅާދިނުމާއި، ސްޕޯޓްސް ކޮމްޕްލެކްސް އަދި ބަނދަރު ހެދުމުގެ މަސައްކަތް ވެސް ފަށައިދެއްވާނެ ކަމަށް ރައީސް ވައުދުވެ ވަޑައިގެންފައި ވެއެވެ.

ރައީސް ވިދާޅުވީ ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާގެ މުސާރަޔަށް ހެޔޮ ބަދަލެއް ގެނެސްފައި ވާއިރު ސަރުކާރުގެ މުވައްޒަފުންގެ ވެސް މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: