ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ދެ ޕާޓީ ރޫޅެނީކަން ނުވަތަ ނޫންކަން އެނގޭނީ އިންތިހާބު ނިމުމުން: ގާސިމް

ޖުމްހޫރީ ޕާޓީއިން ކުޅުދުއްފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ގާސިމް ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އޮތް ބޮޑު ދެ ޕާޓީ ރޫޅޭ ވާހަކަ އިވެމުންދާކަމަށާއި، ނަމަވެސް މިކަން ސާފުވެގެންދާނީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ނިމުމުންކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހދ ކުޅުދުއްފުށީގައި ޖުމްހޫރީ ޕާޓީއިން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އަޅުވެތިކަން ބޭނުންވާނެ އެއްވެސް މީހެއް ނުހުންނާނެކަމަށެވެ. މި ދުވަސްވަރު އެކި ބޭފުޅުން އުއްމީދީ ވާހަކަތަކާއިއެކު ރަށްރަށަށް އަރައިވަޑައިގަންނަވާނެކަމަށާއި، މިއީ ކޮންމެ ފަސް އަހަރަކުން އެއް އަހަރަކު އަބަދުވެސް އަންނަ ދުވަސްކޮޅެއްކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ ނަމަވެސް، މިހާރު ބައެއް އާ ކަންތައްތަކެއް ފެންނަމުންދާކަމަށެވެ.

ޕާޓީތަކުން މީހުން ބަދަލުވުމަކީވެސް އާންމުކަމެއްކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ ނަމަވެސް މިހާރު ފެންނަމުން މިދަނީ ބޮޑު ދެ ޕާޓީ ރޫޅެމުންދާ މަންޒަރުކަމަށެވެ. ނަމަވެސް މިކަމާއިމެދު މާ ބޮޑަށް ނުވިސްނަންކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ ކަންވެ ނިމުމުން ރޫޅެނީތޯ ނުވަތަ ނޫންކަން އެނގިގެންދާނެކަމަށެވެ.

ދުނިޔޭގައި ކޮންމެ އިންސާނެއްވެސް ވިސްނަންޖެހޭ ވަރަށް ރަނގަޅަށް، ކޮން ކަމަކާތޯ؟ މި ކަންތައްތައް ހިނގާދާ ގޮތާއިމެދުގައި ވިސްނާފަ، ވިސްނާފަ ނޫނީ ފިޔަވަޅު ނާޅުއްވާށޭ، މިއަކީ ބޮޑު ޕާޓީއެއް، ކުޑަ ޕާޓީއަށް ވޯޓު ދޭން ޖެހޭ ކަހަލަކަމެއް ނޫނޭ.

ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ވަނީ އޭނާގެ ވާހަކައިގެ ތެރެއިން މިއަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން އެއްވެސް ބޭފުޅަކަށް ކާމިޔާބުވެދާނެތޯ ސުވާލު އުފައްދާފައެވެ. އަދި ވިދާޅުވީ ނުވާނެކަމަށް ގިނަ ބަޔަކު ބުނަމުންދާކަމަށާއި، ދެވަނަ ބުރަކަށް ދާން ޖެހޭނެކަމަށެވެ. ދެން ގާސިމް ސުވާލު އުފެއްދެވީ ދެވަނަ ބުރެއްގައި އެމްޑީޕީ، ޕީޕީއެމް އަދި ޖޭޕީއާއިއެކު ކޯލިޝަން ހަދާނީ ކޮން ބަޔެއްކަމާއިމެދުއެވެ. ގާސިމް މި ސުވާލުތައް އަމާޒު ކުރެއްވީ ޖަލްސާއަށް ހާޒިރުވެ ތިބި ފަރާތްތަކަށެވެ. ދަ ޑިމޮކްރެޓްސްއަށް ކިހާ ތާއީދެއް ލިބިދާނެތޯއާއި، އެމްޑީޕީއާއި ޖޭޕީ ދެވަނަ ބުރަށް ގޮއްސި ނަމަ، ކުޅުދުއްފުށީ ރައްޔިތުން ވޯޓުދެއްވާނީ ކޮން ބަޔަކަށްތޯވެސް ގާސިމް ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ވެރިކަން ހޯދައިދިނުމުން އޭނާއަށް ލިބުނު އިނާމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖަލުގައި އޮންނަންޖެހުންކަމަށެވެ. ކަންވެގެންދާ ގޮތް ފެންނަމުންދާކަމަށް ފާހަގަކޮށް، ގާސިމް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވާއިރު، ރައީސް ޔާމީން އޮންނަންޖެހުނީ ޖަލުގައިކަމަށެވެ.

ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުދޭއިރު، ޕާޓީގެ ކުޑަ، ބޮޑު މިނަށް ބަލަން ނުޖެހޭކަމަށެވެ. އަދި ގާސިމް އެދިވަޑައިގެންނެވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ދެއްވާ ވޯޓަކީ ފަހުން ހިތާމަ ކުރަންޖެހޭ ވޯޓަކަށް ނެހެދުމަށެވެ. އަދި ގާސިމް ވިދާޅުވީ ރާއްޖޭގެ ސިފައިނަށް ނުވަދެވޭ ތަންތަން މި ގައުމުގައި އެބަހުރިކަމަށެވެ. އެހެންކަމުން ގޯސް މީހަކު ވެރިކަމަށް އިންތިހާބުވެއްޖެނަމަ ގައުމުގެ މިނިވަންކަމާއިމެދު އެއްވެސް ޔަގީންކަމެއް ނޯންނާނެކަމަށް ގާސިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: