ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަތަމަ ދައުރުގެ ވައުދުތައް ފުއްދުމަށް ދެވަނަ ދައުރެއް ދޭން އެދުމަކީ ހެއްވާ ކަމެއް: އިންތި

ޗެއާޕާސަންކަމުގެ އިންތިހާބަށް ތާއީދު ހޯދުމަށް އިންތިގެ ޓީމުން ކުރިި ކެމްޕެއިނުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރަތަމަ ދައުރުގެ ވައުދުތައް ފުއްދުމަށްޓަކައި ދެވަނަ ދައުރެއް ދިނުމަށް އެދުން ފެނިގެންދަނީ “ހެއްވާ ޒާތުގެ” ކަމެއް ގޮތުގައިކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިމްތިޔާޒްވަނީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ސިޔާސީ ބޭނުމަކަށް ކުރައްވާނެ އިތުރު ކަމެއް ނެތްކަމަށް ރައީސް ސާލިހު ވިދާޅުވިކަމަށެވެ. އަރާވަޑައިގެންނެވެން އޮތް އެންމެހާ ހަރުފަތްތަކަށްވެސް އަރާވަޑައިގަނެވިފައިވާކަމަށް ވިދާޅުވިކަމަށްވެސް އިމްތިޔާޒް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ސާލިހު ވިދާޅުވަމުންދާ ވާހަކަތަކަކީ ކެމްޕެއިން މަގުސަދުގައި ދައްކަވަމުންދާ ވާހަކަތަކެއްކަން ސާފުވާކަމަށެވެ. އިމްތިޔާޒް ވިދާޅުވީ، ސިޔާސީ ބޭފުޅަކު ކުރައްވާނެ އިތުރު ސިޔާސީ މަސައްކަތްތަކެއް ނެތްކަމަށް ވިދާޅުވަމުންދާތީ، އެ ވިދާޅުވެވޭ ވާހަކަތައް އެމަނިކުފާނަށް ރަނގަޅަށް ފަހުމުވެވަޑައިގަންނަވާކަމާއިމެދު ސުވާލު އުފެދިގެންދާކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ، ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ފަސް އަހަރު ދުވަސް ރިޔާސީ ދައުރަކަށް ދިގުކަމަށް ރައީސް ސާލިހު ވިދާޅުވިކަމަށެވެ. އެހެންނަމަވެސް މިހާރު މި ފެންނަނީ ރައީސް ސާލިހު އިތުރު ދައުރެއް ކާމިޔާބުކުރެއްވުމަށް މަސައްކަތްކުރައްވަމުންދާ މަންޒަރުކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ކެމްޕެއިން ކަންކަން ކުރިއަށް ގެންދަވަނީ “ހުތުރު” ގޮތަކަށް ކަމަށާއި އެގޮތުން އިދިކޮޅުގެ މެމްބަރުންނަށް ފުރައްސާރަކުރުން ފަދަ އަމަލުތައް ހިންގަވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

“ހިނި އަންނަ ޒާތުގެ” ކަންކަން ހިނގަމުންދާކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ދައުރުގެ ވައުދުތައް ފުއްދައިދެއްވުމަށް ދެވަނަ ދައުރެއް ދެއްވުމަށް ރައީސް ސާލިހު އެދިވަޑައިގަންނަވަމުންދާކަމަށާއި އެމަނިކުފާނު އެދިވަޑައިގަންނަވަމުންދަނީ އެމްޑީޕީއިން މި ދައުރަށް ވެފައިވާ މައިގަނޑު ވައުދުތަކެއް ފުއްދުމަށް ފުރުސަތު ދިނުމަށްކަމަށްވެސް އޭނާ އިޝާރާތްކުރެއްވިއެވެ. އަދި އެކަން ފެނިގެންދަނީ “ހެއްވާ ޒާތުގެ” ކަމެއްގެ ގޮތުގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިމްތިޔާޒް ވިދާޅުވީ، ދެވަނަ ދައުރެއް ދިނުމަށް ބުނަމުންދަނީ “ވައްކަމުގެ ސަރުކާރެއް” އިތުރު ހަރުފަތަކަށް ގެންދިއުމަށްކަމަށް ލަފާކުރެއްވޭކަމަށެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓްސްއިން އެކަމާއި ކަންބޮޑުވާކަމަށެވެ. އޭނާ ވިދާޅުވީ، އެފަދައިން ވިދާޅުވަނީ މި ސަރުކާރު ވުޖޫދަށް އައުމަށް އެންމެ ބޮޑަށް ވިއްކި ސިޔާސަތަކީ ކުރީގެ ސަރުކާރުގެ ހިޔާނާތްތައް ބެލުން ކަމަށްވުމުންކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތާއި އެ ނޫންވެސް ހިޔާނާތުގެ މައްސަލަތައް ބަލާނެކަމަށް ބުނެފައިވާކަމަށާއި އެހެންނަމަވެސް ދައުރު ނިމިގެންދިޔައިރުވެސް މައްސަލަތައް ބަލައި އެއްވެސް ނަތީޖާއެއް ނެރިވިފައިނުވާކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންވެސް އެކަމާއި ކަންބޮޑުވާކަމަށާއި ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފި ހާލަތެއްގައި “ވައްކަން އިތުރު ހަރުފަތަކަށް” ގެންދަވާނެކަމަށް ތުހުމަތުކުރެއްވޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: