ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެމްޑީޕީއިން ވަކިވެވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެމްޑީޕީގެ މެންބަރުކަމުން ވަކިވެވަޑައިގެންފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ފޮނުވި ސިޓީއެއްގައި މޫސާ ސިރާޖު ވިދާޅުވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުރުމަށް ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކޮށްދިނުމަށް ވަނީ އެދިފައެވެ.

ސިރާޖް އެމްޑީޕީގެ މެމްބަރުކަމުން ވަކިވެފައިވަނީ ކޮންކަމަކާއި ގުޅިގެންކަމެއް އަދި މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

މޫސާ ސިރާޖް އެމްޑީޕީން ވަކިވެވަޑައިގެންފައިވާއިރު އެމްޑީޕީގެ ޗެއާޕސަން އިންތިހާބުގައި ސިރާޖް ތާއިދު ކުރެއްވީ އިމްތިޔާޒް ފަހުމީއަށެވެ. އޭރު ސިރާޖް މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް ނަޝީދުގެ އަރިހުގައެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ސިރާޖް ތާއިދު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށެވެ.

ވަރަށް ގަދަ
62%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 4%ވަރަށް ދެރަ 23%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: