ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމަށް މަނަދޫން އާދަޔާ ޚިލާފް ފޯރިގަދަ ހޫނު މަރުޙަބާއެއް!

ގާސިމް ނ އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. އަތޮޅަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ މަނަދޫއަށް ވަޑައިގަތުމާއެކު، މަނަދޫ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ގާސިމް މަނަދޫއަށް ވަޑައިގަތުމާއެކު ބަނދަރު ސަރަހައްދުގައި އިސްތިގްބާލުގައި ތިބި މަނަދޫގެ ރައްޔިތުން ފޯރިއާ ޖޯޝާއެކު ދިޔައީ ގާސިމަށް ތާއީދުކޮށް އަޑު އުފުލަމުންނެވެ. ގިނަ އަދަދެއްގެ ރައްޔިތުން ބަދަރު ސަރަހައްދަށް ޖަމާވެފައިވާއިރު ބޮޑުބެރުގެ ފޯރިއާއެކު ގާސިމްއަށް މަރުހަބާ ދެންނެވުމަށް ދިގު ސަފެއްވަނީ ހަދާފައެވެ.

ނ. އަތޮޅަށް ކުރައްވާ ދަތުރު ފުޅުގައި ގާސިމް ވަނީ މިއަދު ހެބަދޫ، ކެނދިކުޅުދޫ، މާޅެންދޫ، ލަންދޫ، މާފަރަށް ވަޑައިގެން، އެ ރަށް ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ. ނ އަތޮޅުން ގާސިމް މިހާތަނަށް ވަޑައިގެންނެވި ހުރިހާ ރަށަކުންވެސް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ބައެއް ރަށްތަކުން އަލަށް އިތުރު މެންބަރުން ޖޭޕީއާއި ގުޅިފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: