ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއުލާނުކުރި ހައުސިން ޔުނިޓުތަކަކީ ދެވަނަ ދައުރެއް ހޯދަން ދައްކާ ވާހަކައަކަށް ނުވާނެކަމުގެ ޔަގީންކަން ދެން: މުއިއްޒު

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިއުލާނުކުރައްވާފައިވާ 65،000 ޔުނިޓުގެ ހައުސިންގް މަޝްރޫއުއަކީ ދެވަނަ ދައުރެއް ހޯދުމަށް ދައްކާނެ ވާހަކައަކަށް ވެގެން ނުދާނެކަމަށް ޔަގީންކަން ދެއްވާކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހެޔޮ އެދޭ ފަރާތެއްގެ އެހީ އާއިއެކު މާލޭގައި ޖަގަހައެއް ހުޅުއްވައިދެއްވައި ވާހަކަދައްކަވަމުން ޑރ މުއިއްޒުވަނީ އޭނާގެ ވެރިކަމުގައި ކުރިއަށް ގެންދަވަން އިއުލާނުކުރައްވާފައިވާ ހައުސިންގް މަޝްރޫޢުއާއިމެދު ޥާހަކަދައްކަވާފައެވެ. މުއިއްޒު ވިދާޅުވީ، މިއަދު ފެނިގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ރައްޔިތުންނަށް މަލާމާތްކުރަމުންދާ މަންޒަރުކަމަށެވެ. އޭނާ ވިދާޅުވީ، ގެދޮރުވެރިކަމަކީ ރައްޔިތުންނަށް ލިއްބައިދޭންޖެހޭ އެންމެ މުހިންމު އެއް ކަންކަމަށްވާއިރު ސަރުކާރުންވަނީ ދުނިޔޭގައި ނެތް އެތައް ގޯއްޗަކާއި ފްލެޓެއް ލިއުމުން ދީފައިކަމަށެވެ.

އެހެންނަމަވެސް މައްސަލައެއް ނެތްކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައްޔިތުން އޭނާ އަދި ކޮންގްރެސް ކޯލިޝަނަށް އިތުބާރުކޮށްފައި ވެރިކަން ދީފިނަމަ ރައީސް ސާލިހު ލިއުމުން ދީފައިވާ ގޯތިތައް ފެނުން މައްޗަށް ނަގައިދެއްވާނެކަމަށެވެ. މުއިއްޒު ވިދާޅުވީ، ލިއުމުން ދީފައިވާ ފްލެޓުތައްވެސް އޭނާގެ ވެރިކަމެއްގައި ބިނާކޮށްދެއްވާނެކަމަށެވެ. މުއިއްޒު ވިދާޅުވީ، އޭގެ އިތުރުން އެ ފްލެޓު ތަކާއި ގޯތިތަކަކީ ހަގީގީ ގެދޮރުވެރިކަން ހާސިލުވެގެންދާނެ ތަންތަން ގޮތުގައިވެސް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

މުއިއްޒު ވިދާޅުވީ، އަދިވެސް ރާއްޖޭގައި ގިނައީ ގެދޮރުވެރިކަން ހާސިލުވެފައިނުވާ މީހުންކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ އާބާދީގައި އެންމެ ގިނަ މީހުންނަށް ބޭނުންވަނީ ގެދޮރުވެރިކަންކަމަށާއި މާލޭގެ ރަށްވެހިންނާއި ދިރިއުޅުއްވާ އެންމެހާ ރައްޔިތުންނަށްވެސް އެންމެ މުހިންމީ ގެދޮރުވެރިކަންކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ގޮދޮރުވެރިކަމުގެ ބޮޑު ބިޔަ މަޝްރޫއުއެއް އިއުލާނުކުރެއްވީ އެ މައްސަލައަށް ހައްލެއް ގެނެސްދެއްވުމުގެ މަގުސަދުގައިކަމަށެވެ.

އޭނާ ވިދާޅުވީ، ފަސް އަހަރު ދުވަހުގެ ތެރޭގައި އެ މަޝްރޫއުގެ މަސައްކަތްތައް ހާމަކޮށްފައިވާ ޕްލޭނުގައި ވާގޮތަށް ހާސިލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އަދި އެ މަޝްރޫއުއަކީ ދައުރު ނިމެން ކައިރިވުމުން ދެވަނަ ދައުރެއް ހޯދުމުގެ މަގުސަދުގައި ދައްކާނެ ވާހަކައަކަށް ވެގެން ނުދާނެކަމަށްވެސް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ، ނަތީޖާ ނެރޭނެ މީހަކަށް ދޭނީތޯ ނުވަތަ ނަތީޖާ ނެރެން އުޅެ އެކަން ނުވާނެ މީހަކަށް ވެރިކަން ދޭނީތޯވެސް ނިންމަވާނީ ރައްޔިތުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: