ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލާ، ސޯޝަލް ހައުސިން ސްކީމުން ފުރުސަތު ދޭނަން: ޑރ މުއިއްޒު

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ކެމްޕެއިން ހަރަކާތެއްގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ލިބިއްޖެނަމަ ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލާނެކަމަށާއި، އަދި އެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ސޯޝަލް ހައުސިން ސްކީމުން ފުރުސަތު ދޭނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުވެއްވަޑައިގެންފިއެވެ.

މުއިއްޒު މިހެން ވިދާޅުވީ ޓެކްސީ ސެންޓަރުތަކުގެ ވެރިންނާއި ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކައިގައެވެ. އޭނާ ވިދާޅުވީ ޓެކްސީ ޑްރައިވަރުން މިހާރު އެ މަސައްކަތް ކުރަނީ ރަސްމީ ވަޒީފާއެއްގެ ގޮތުގައިނޫން ނަމަވެސް ވެރިކަން ލިބިއްޖެނަމަ އެއީ ރަސްމީ ވަޒީފާއެއްގެ ގޮތުގައި ކަނޑައެޅާނެކަމަށެވެ.

ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލާނެކަމަށް ވައުދުވެ މުއިއްޒު ވިދާޅުވީ އެ ދަފްތަރަށް ގާނޫނީ ހައިސިއްޔަތުވެސް ދެއްވާނެކަމަށެވެ. އެއާއިއެކު ޓެކްސީ ޑްރައިވަރުނަށް އެތައް ފުރުސަތުތަކެއް ލިބިގެންދާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ހައުސިން އާއި، އިންޝުއަރެންސް ލޯނުތަކަށް މި ދަފްތަރުގައި ހިމެނޭ ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިލެވޭނެކަމަށް ފާހަގަކޮށް މުއިއްޒު ވިދާޅުވީ އެހެންކަމުން ފަސޭހަކަމާއިއެކު އުޅަނދުތައް އައުކުރުމަށް ލޯނު ނެގޭނެކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ ހައްލުކުރަންޖެހޭ މުހިންމު މައްސަލައެއްކަމަށެވެ. އަދި އެއީ ހަމަހަމަކަމާއިއެކު ކަށަވަރުކޮށްދޭންޖެހޭ ހައްގެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ވަކި ބަޔަކު މަހުރޫމް ނުކުރެވޭނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ޓެކްސީ ޑްރައިވަރުންނަށްވެސް ވަކި އިންސައްތައެއް ކަނޑައަޅަންޖެހޭނެކަމަށް ފާހަގަކޮށް މުއިއްޒު ވިދާޅުވީ، ޓެކްސީ ޑްރައިވަރުންގެ ދަފްތަރާއިއެކު މި ފުރުސަތު ޑްރައިވަރުންނަށް ހޯދައިދިނުމަށް ފަސޭހަވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: