ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ ރިޔާސީ ޓިކެޓް ވަގައްނަންގަވައިފައި ވާކަމަށް މުއިއްޒު ގާތުގައި އުޅުއްވާ ބޭފުޅުންބުނޭ: ރައީސް

ޕޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ ރިޔާސީ ޓިކެޓް ވަގައް ނަންގަވައިގެން ކަމަށް ޑރ މުއިއްޒުގެ އަރިހުގައި އުޅުއްވާ- ބޭފުޅުން ވިދާޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ތ. ވިލުފުށްޓައް ވަޑައިގެން ރައީސް ވިދާޅުވީ ރިޔާސީ އިންތިިހާބުގައި ނިންމަވާ ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމުގައެވެ. އަދި ރިޔާސީ އިންތިހާބުގައި ބަލަންޖެހޭނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދީ ރައްޔިތުންގެ ހާލު ބެލި ރައީސެއްކަމަށެވެ.

ރައީސް ވިދާޅުވީ ކެމްޕެއިން ކުރިއަށް ގެންދަނީ ތަސައްވަރަކާއެކު ކަމަށާއި ރާއްޖެ އަކީ އަމާން ތަނަކަށް ހެދުމަށް ޓަކައި ގިނަ ކަންކަން ކުރައްވާ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ޓަކައި އެންމެ މުހިންމު ކަމަކީ ފަތުރުވެރިން ރާއްޖެ އައުން ކަމުގައެވެ. ކޮވިޑްގެ އާލަމީ ވަބާ އަށް ފަހު 1.9 ބިލިއަން ފަތުރުވެރިން ރާއްޖެ އައިސްފަވާކަމަށް ރައީސް ވިދާޅުވިއެވެ. މިކަން މިހެން ވާން މެދުވެރިވި ސަބަބެއް ކަމަށް ރައީސް ވިދާޅުވީ ރާއްޖޭގައި އަޅާއިފައިވާ އެއާޕޯޓުތަށް ގިނަވުން ކަމުގައެވެ. ރާއްޖެއަށް ފަތުރުވެރިން ގެނެސްފައިވާ އަދަދު އެމަނިކުފާނުގެ ދައުރުގެ ތެރޭގައި 3 ގުނަ އިތުރު ވެގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ 5 އަހަރު ތެރޭގައި ރާއްޖޭގެ އިގްތުސާދު 2 ގުނަ މައްޗަށް ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވިލުފުށީގައި އެއާޕޯޓާއި އަދި ހޮސްޕިޓަލް އެޅުމަށް ވައުދުވެވަޑައިގަންނަވާފައި ވަނީ އެމަނިކުފާނު ކަމަށެވެ. އަދި އެ މަޝްރޫ ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އެރަށަށް ވެފައިވާ ވައުދު ތަކުގެ ތެރޭގައި އެރަށުގައި 100 ރޯ ހައުސް އަޅައިދެއްވާނެ ކަމަށާއި، ރަށުގެ ހޮސްޕިޓަލް އަޅައި ނިމެންދެން ރަށުގެ ސިއްހީ މަރުކަޒުގައި އަންހެނުންގެ ޑޮކްޓަރަކާއި އަދި ކުޑަކުދިންގެ ޑޮކްޓަރެއް ބަހައްޓައިދެއްވާނެ ކަމަށާއި، ވިލުފުށީގެ ތާރު ނޭޅި ހުރި ހުރިހާ މަގުތަކުގައި ތާރު އަޅައިދެއްވާން ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: