ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާޒިމް: ދިވެހިން ރަންޒަމާނެއްގެ ތެރެއަށް ގެންދެވޭނެ ގާބިލު ލީޑަރެއް!

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ނާޒިމް: ފޮޓޯ/ އެމްއެންޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހިންގުންތެރިކަމުގެ އިންޖީނުގައި ގިނަ މައްސަލަަތަކެއް ހުރިކަމަށް ބުނެ، މައި ސޯބު ނުވަތަ ރައީސުލްޖުމުހޫރިއްޔާ ބަދަލުކުރިތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. އެހެންނަމަވެސް އަދިވެސް އިވެމުންދަނީ ރަނގަޅަށް ހިނގަމުންދާ އިންޖީނަކާއި އިންތިހާއަށް ނުބައްދަލު އަޑުތަކެކެވެ. 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައި އިރު ތިން ބުރެއް މަތިން އިންޖީނުގެ މައި ސޯބު ބަދަލުކުރެވިއްޖެއެވެ. އެގޮތުން މުހައްމަދު ނަޝީދާއި ހަވާލުކުރެވި ވަގުތުތަކެއް ވަންދެން ރަނގަޅަށް ކަންކަން ހިނގުމަށްފަހު، ފެނިގެންދިޔައީ ދިމާވަމުންދިޔަ ބޮޑެތި މައްސަލަތަކެއްގެ ސަބަބުން ރައްޔިތުންނަށް ނުކުމެ ސޯބު ބަދަލުކުރަން ޖެހުނު މަންޒަރެވެ. ވަގުތީގޮތުން އެ މަސައްކަތްތަކަށް އައު ބައެއް އެޅުވުމަށްފަހު، އަނެއްކާ ރައްޔިތުން ނުކުމެ އޭގެ ފަހުން ދެ ފަހަރެއްގެ މަތިން މައި ސޯބު ބަދަލުކޮށްފިއެވެ. އެހެންނަމަވެސް އަދިވެސް ދިވެހިންގެ ހިންގުންތެރިކަމުގެ އިންޖީނު އެކަށީގެންވާ ގޮތެއްގެ މަތިން ހިނގައިގަނެ، ދާން ދަތުރު ފެށި މަންޒިލަށް ވާސިލުވޭ ގޮތެއް ވެފައިނުވެއެވެ.

އަދިވެސް އެންމެ އެކަށީގެންވާ ގޮތެއްގެ މަތިން ނުހިނގާކަމާއި ނޭދެވޭ އަޑުތައް އިވެމުންދާކަމަށް އަދި އެކަމުގެ ސަބަބުން އިތުރު ބޮޑެތި ދަތިތައް ކުރިމަތިވެދާނެކަމަށްވެސް ބައެއް މީހުން އެބަ ބުނެއެވެ. އެހެންކަމުން މިއަދު ރިޔާސީ އިންތިހާބާއި ގާތްވެފައިވާއިރު، ނުވަތަ އާ ސޯބެއް އަޅުވާނެ ފުރުސަތު ފަހިވެފައިވާއިރު، ރައްޔިތުން ވަރަށްވެސް ފުންކޮށް ވިސްނާލުން މުހިންމެވެ. ރިޔާސީ އިންތިހާބަށް ވާދަކުރައްވާ އެންމެންވެސް ބުނަނީ އުންމީދަކީ ތިމާކަމަށެވެ. އެހެންނަމަވެސް މީގެ ކުރިން އިންޖީނު ހިންގުމުގެ ނިޔަތުގައި މައި ސޯބުގެ ގޮތުގައި އެޅުވުމުން ހިނގައި ނުގަތްނަމަ، މިއަދު އަލުން އަނބުރާ އަޅުވައިގެން ހިނގާނެކަމަށް ބަލަންވީ ސަބަބެއް އެބޮތްތޯއެވެ. އޭރު އަޅުވައިގެން އިންޖީނު ރަނގަޅަށް ހިނގައި ނުގަތީ، އެންމެ އެކަށީގެންވާ ބަޔަށް ނުވުމުންނެވެ. ނުވަތަ ދިވެހިރާއްޖޭގެ ހިންގުންތެރިކަމުގެ އިންޖީނާއި ނުބައްދަލުވުމުންނެވެ.

ކުރިން އަޅުވާ ޓެސްޓުކުރެވިފައިވާ ބައިތަކެއް އެކި ފަހަރުތަކުގެ މަތިން ކިތަންމެ ވަރަކަށް އެޅުވި ނަމަވެސް އެދެވޭ ނަތީޖާ އެއް ނުނުކުންނާނެކަން އެންމެހާ ރައްޔިތުންނަށްވެސް ސާފުވާނެއެވެ. އިންޖީނު ރަނގަޅަށް ހިނގާނެކަމަށް އުންމީދު ކުރެވޭނީ އައު، އެކަމަށް އެކަށީގެންވާ ސޯބެއް އަޅުވައިގެންނެވެ. މި ނަޒަރުން ބަލާ ނަމަ، މިއަދު ދިވެހި ވެރިކަމަށް ވާދަކުރަމުންދާ މީހުންގެ ތެރެއިން މުޅިން އައު ސޯބެއްގެ ގޮތުގައި ފެނިގެންދަނީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމެވެ.

އެހެންކަމުން ނާޒިމް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ދައްކަވަމުންދާ ވާހަކަތަކަށް ބަލާލުން މުހިންމެވެ. ގެނެސްދެއްވުމަށް ކަނޑައަޅާފައިވާ ގިނަ އަދަދެއްގެ ސިޔާސަތުތައްވެސް ނާޒިމްވަނީ ތިލަކޮށްދެއްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގައި އިގްތިސާދީ އަދި އިޖްތިމާއީ ހިޔާވަހިކަން ހާސިލުކުރުމުގެ ސަބަބުން މާލެ ސަރަހައްދަށް ރައްޔިތުން ހިޖުރަކުރަން ޖެހިފައި އޮންނަ އޮތުން ހައްލުކުރެއްވުމަށް ނާޒިމްވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން ނާޒިމްވަނީ ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތަކެއް ގާއިމުކޮށް އެތަންތަނުގައި ދިވެހިންނަށް އުޅެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވާނެކަމަށް ނާޒިމްވަނީ ވިދާޅުވެފައެވެ. އަދި އެތަންތަނުގައި ދިރިއުޅުން ބިނާކުރުމަށް ރައްޔިތުންނަށް ހިތްވަރުދީ ބާރުވެރިކުރާނެކަމަށްވެސް ނާޒިމްވަނީިި ވިދާޅުވެފައެވެ.

ނާޒިމް އަދި އެމްއެންޕީއިންވަނީ ދިވެހި ޒުވާނުންގެ ކަންކަމާއިމެދު އެކި ފުރުސަތުތަކުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ދިވެހިރާއްޖޭގައި ކުށްތަކަށް އަރައިގަންނަމުންދާ މިންގަނޑުތައް އިތުރުވުން ފަދަ މައްސަލަތަކަށްވެސް އަލިއަޅުއްވާފައިވާއިރު، އެފަދަ މައްސަލަތައް ހައްލުކުރުމަށާއި ދިވެހިރާއްޖޭގައި ތައުލީމީ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި އެމްއެންޕީއިން ވަނީ ބައެއް ވިސްނުންތައް ހިއްސާކޮށްފައެވެ. އެގޮތުން ނާޒިމްގެ ވެރިކަމެއްގައި ވޮލަންޓަރީ ނެޝަނަލް ސާވިސް ތައާރަފްކޮށް އެކަމުގެ ތެރެއިން ދިވެހި ދަރީންނަށް ގައުމަށް ހިދުމަތްކޮށްދިނުމުގެ ފުރުސަތު އަދި ތަޖުރިބާ ލިބިގެންދާނެ ފަދަ އިންތިޒާމުތައް ހަމަޖައްސައި ހަރުދަނާ މީހުން ބިނާކުރައްވާނެކަމަށް ނާޒިމްވަނީ އެކި ފުރުސަތުތަކުގައި ނުސީދާކޮށްވެސް ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކާއިމެދުވެސް ނާޒިމް ވަނީ ކެމްޕެއިންގެ ތެރެެއިން ވާހަކަދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމަށް ހައްލުތަކެއް ގެނެސްދެއްވާނެކަމަށް ނާޒިމްވަނީ އެކި ފުރުސަތުތަކުގައި ތަކުރާރުކުރައްވާފައެވެ. އެކަން ކޮށްދިނުމުގެ ގޮތުން އެމްއެންޕީގެ ވެރިކަމެއްގައި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ހާސިލުކޮށްދިނުމުގެ ގޮތުން ސޮވަރެއިން ގެރެންޓީގެ ދަށުން ލޯނު ހަމަޖައްސައިދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ. މިކަމަށް ގިނަ އަދަދެއްގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ފާޑުކިޔާފައިވާނަމަވެސް، އޭނާވަނީ އެކަމަކީ ކުރެވޭނެ ކަމެއް ކަން އަދި އެމްއެންޕީގެ ވެރިކަމެއްގައި ކޮށްދެއްވާނެކަމެއްކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން މިހާރުވެސް ސަރުކާރުން ދިވެހި ރައްޔިތުންގެ ތެރެއިން ވަކި ބަޔަކަށް އެފަދަ ފުރުސަތުތައް ފަހިކޮށްދީފައިވާކަމަށާއި އެހެންކަމުން އެއް ބަޔަކަށް ބޮޑެތި ލޯނުތައް ފަހިކުރެވޭއިރު، ދިވެހި އާންމު ރައްޔިތުންގެ ބޯހިޔާވަހިކަމަށް އެފަދަ ފުރުސަތެއް ފަހި ނުކުރެވެންވީ ސަބަބެއް ނެތްކަމަށް އެ ޕާޓީގެ ނައިބުވެސް ސިފަކޮށްފައިވެއެވެ.

ވެރިކަމަށް އުފެދިފައިވާ ވާދަވެރިކަމުގެ ތެރެއިން އެއް ބަޔަކު އަނެއް ބަޔަކު ދައްކާ ވާހަކަތަކަށްވެސް ފާޑުކިޔައެވެ. އެގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދަނީ ނުކުރެވޭނެ ކަންކަމުގެ ވާހަކަތައް ކަމަށް އަނެއް ބަޔަކު ބުނާ އަޑު އިވެއެވެ. ނާޒިމް ދާދި ފަހުން ދެއްކެވި ވާހަކަތަކެއްގެ ތެރެއިން އޭނާވަނީ ހިޔާ ފްލެޓުގެ ކުލި ކުޑަކުރުމާއިމެދު ކުރެވެމުންދާ ސުވާލުތަކަށް ޖަވާބެއް ދެއްވާފައެވެ. ނާޒިމް ވިދާޅުވީ، އޭނާއަށް ވޯޓު ދިނަސް ނުދިނަސް ކުލި ކުޑަކުރެވޭނީ 4000 ރުފިޔާއަށްކަމަށާއި، އެ އަގަކީ ހިސާބުތައް ޖެއްސެވުމަށްފަހު ކަނޑައަޅާފައިވާ އަގެއްކަމަށެވެ. އަދި ވެރިކަން ހޯދުމުގެ ނިޔަތުގައި ކުރެއްވެން ނެތްކަންކަމުގެ ވާހަކަތައް ނުދައްކަވާނެކަމަށްވެސް ނާޒިމްވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި ތިބި އެކި އުމުރު ފުރައިގެ މަސައްކަތްތެރިން އެކި ސަރުކާރު މުއައްސަސާތަކުގެ ވަޒީފާތަކުގައި ތިބިކަމަށްވުމުން، އެ ދާއިރާތައް ހީނަރުވެފައިވާކަމަށް ފާހަގަކުރައްވާވެސް ނާޒިމްވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނަވަނީ އެކަމަށް ހައްލުތަކެއް ގެނެސް ދާއިރާތަކުގެ މީހުންނަށް އެ ދާއިރާއެއްގެ ތެރެއިން އާމްދަނީ ހޯދައި ދިރިއުޅެވޭނެ ގޮތަށް ކަންކަން ބައްޓަންކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގެ އިގްތިސާދީ އެއް ލޭނާރުކަމުގައިވާ މަސްވެރިކަމުގެ ދާއިރާ އާލާކުރުމަށްޓަކައި ދިވެހި ޒުވާނުންނަށް އެކަމާއި ބެހޭ ކަންކަން އުނގަންނައިދިނުމުގެ މަސައްކަތްތައްވެސް ކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: