ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ އަތޮޅުގެ ފަތުރުވެރިކަމަށް ފޮނަގާދޫ ތަރައްޤީކޮށްދޭނަން: ރައީސް ޞާލިހް

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމު އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށްޓަަކައި އެ އަތޮޅުގައި އޮންނަ ފޮނަގާދޫ ރިސޯރޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ޓެންޑަރއަށްލައި އޭގެ މަސައްކަތްތައް ކުރެވެމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ކެމްޕޭން ދަތުރުފުޅުގައި ލާމު އިސްދޫ ކަލައިދޫއަށް ވަޑައިގެން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޞާލިހް ވިދާޅުވީ ލ އަތޮޅުގައި އިތުރު އެއަޕޯޓްއެއް ތަަރައްޤީ ކުރެވި އެއަތޮޅަށް ޓުއަރިޒަމް ތަރައްޤީކޮށް ފުޅާކުރުމަށް ފޮނަގާދޫގައި ރިސޯޓްއެއް ތަރައްޤީކޮށްދެއްވާނެކަމަށެވެ. އަދި އެ މަސައްކަތުގެ ޓެންޑަރ ހުޅުވާލަައިފައިވާކަމަށް ވިދާޅުވިއެވެ.

2018 ވަނަ އަހަރު އެމްޑީޕީއިން ވެރިކަމަށް އައުމަށް އިސްދޫކަލައިދޫއަށް ވެފައިވާ ހުރިހާ ވައުދެއް ފުއްދިފައިވާކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ. އެގޮތުން ފެނުގެ ނިޒާމް ހަރުދަނާކޮށް ރަށުގެ ބަނދަރު ތަރައްޤީކޮށް ސްކޫލްއަށް ބޭނުންވާ މަލްޓިޕާޕަސް ހޯލް އަޅައިދީ ރަށުގައި ފުޓްސެލް ދަނޑެއް އަޅައިދީފައިވާނެކަމުގައި ވިދާޅުވިއެވެ.

އަދި ދެވަނަ ދައުރަށްވެސް އިސްދޫ ކަލައިދޫގެ ރައްޔިތުންނާއި ރަށުގެ ކުރިއެރުމަށް އަމާޒުތަކެއް އެބަހުރިކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ދައުރުގައި އިސްދޫ ކަލައިދޫގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދައިދިނުމަށް ހައުސިންގ ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. ޓުއަރިޒަމް އަށް ބޭނުންވާ ސިޓީ ހޮޓަލެއްގެ އިތުރުން ރަށުގައި ތާރު ނޭޅި ހުރި މަގުތަކުގައި ތާރު އަޅާއިދޭނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ. މީގެ އިތުރުންރަށުގެ ރައްޔިތުން މޫދަށް އެރުމަށް އާރޓިފިޝަލް ބީޗްއެއް ތަރައްގީކޮށްދެއްވާނެކަމަށާއި، އިންޑޯޓ ބެޑްމިންޓަން ކޯޓަކާއި ވޮލީ ކޯޓެއް އަޅައިދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ. އެރަށުގެ ސިއްހީ މަރުކަޒުގެ ތަރައްގީ ކޮށްދީ ހޮސްޕިޓަލަކަށް ބަދަލްކޮށްދޭނެކަމަވެސް ރައީސް ޞާލިހް ވައުދުވެވަޑައިގެންފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: