ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023ގެ ރިޔާސީ ބަހުސް އަކީ “ސަންގު ބަހުސް”، ޕީއެސްއެމްއިން ވަނީ ބަހުސްގެ ޕާޓްނަރަކަށް ވާން ނިންމާފަ!

ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ރިޔާސީ ބަހުސް ޕީއެސްއެމް އަދި ސަންގުޓީވީ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ރިޔާސީ ބަހުސް އާއި ގުޅޭގޮތުން ޕީއެސްއެމްއިން ނެރިފައިވާ ބަޔާނެއްގައިވާގޮތުން، ކުރިން އެ ކުންފުނިން ވަނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ރިޔާސީ ބަހުސް ބޭއްވުމަށް ކަނޑައަޅާފައެވެ. އެހެންނަމަވެސް ވާދަކުރާ ކެންޑިޑޭޓުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުންދާތީ ބައެއް ކެންޑިޑޭޓުންނަށް އެ ދުވަހު ބޭއްވުމަށް ރާވާފައިވާ ބަހުސްގައި ބައިވެރިނުވެވެއެވެ.

ޕީއެސްއެމްއިން ބުނެފައިވާގޮތުން، އިންތިހާބާއި ގާތްވެފައިވުމުން ބަހުސްގެ ތާރީގު ފަހުގެ ތާރީހަކަށް ބަދަލުކުރުމުން ކެންޑިޑޭޓުންނަށް ދަތިތަކެއް ކުރިމަތިވާނެކަމަށް ފެނެއެވެ. އެހެންކަމުން މިހާރުވެސް ބަހުސްއެއް ރާވާފައިވާ ފަރާތަކާއިއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށާއި އެގޮތުން ސަންގުޓީވީއިން އިންތިޒާމުކުރަމުންދާ ބަހުސްގައި ޕާޓްނަރެއްގެ ހައިސިއްޔަތުން ބައިވެރިވެ ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ.

ސަންގު ޓީޥީން ކުރިއަށް ގެންދަން ނިންމާފައިވާ “ސަންގު ބަހުސް” ގައި ޕާޓްނީޝިޕް ހެދުމަށް ޕީއެސްއެމް އިން ނިންމާފައިވާއިރު ސަންގު ބަހުސް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ސިޔާސީ ޕާޓީތަކުން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މެދުގައެވެ.

“ސަންގު ބަހުސް” އަކީ ރާއްޖޭގެ މީޑިއާއަކުން ގެނެސް ދޭ އެންމެ ވަރުގަދަ ސިޔާސީ ޕްރޮގްރާމެވެ. އަދި މި ޕްރޮގްރާމަށް ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިން، އެވޯޑުގައި އެންމެ މަގުބޫލު ކަރަންޓް އެފެއާޒް އެވޯޑު ލިބިފަ އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބަކީ ރާއްޖޭގެ ސިޔާސީ ތާރީޙް ބަދަލުކޮށްލާ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އަންނާނެ އިންތިހާބަކަށްވާއިރު ބަހުސްގެ ދައުވަތު ސަންގުޓީވީން ފޮނުވި ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުއާއި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާއި، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ.

މި ބަސްހުގެ ތެރެއިން ޓީމުތަކާއި ކެނޑިޑޭޓުން ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކައިގެ އިތުރަށް އެއް ތަނަކުން، އެއް ޕްލެޓްފޯމަކުން ބައްދަލުވެ ވާދަވެރި ވާހަކަތަށް ދައްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވަރަށް ގަދަ
46%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 54%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: