ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޞާލިހުގެ ކެމްޕޭން ބޮޑު ޖަލްސާ މާދަމާ ރޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕޭން ބޮޑު ޖަލްސާ މާދަމާ ރޭ ބާއްވާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސޯލްޓް ރެސްޓޯރެންޓުގައި މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަަ ދައްކަމުން މާރިޔާ ވިދާޅުވީ މާދަމާ ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީގެ މާލޭގެ ބޮޑު ޖަލްސާ ބާއްވާނެ ކަމަށެވެ. އަދި މި ޖަލްސާއަކީ އިދިކޮޅު ކޯލިޝަނުގެ ސަޕޯޓަރުންވެސް އަޑުއެހުން މުހިއްމު ޖަލްސާއެއް ކަމަށާއި އެ ޖަލްސާގައިި ރައީސް ޞާލިހު މާލެއާ ދޭތެރޭ ގެންގުޅުއްވާ ތަސައްވުރު ވަރަށް ރަނގަޅަށް ހާމަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި މާރިޔާ ވަނީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް، މާލޭގެ މޭޔަރު ޑރ. މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު މާލެއާ ދޭތެރޭ ގެންގުޅުއްވި އުސޫލުތަކަށްް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ޑރ. މުއިއްޒު އެމްޑީޕީގެ ސިޔާސަތުތައް ކޮޕީކުރައްވާ ވާހަކަ ތަކުރާރުކުރައްވަމުން މާރިޔާ ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނަވައި ރައްޔިތުންނަށް މުއިއްޒު ދިނީ އަނިޔާ ކަމަށާއި އެ އަނިޔާގެ ވާހަކަ އަބަދުވެސް ދައްކާނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ ޔާމީން ސަރުކާރުގައި މިރާއްޖޭގައ އޮތް އަނިޔާވެރިކަމާއި ބިރުވެރިކަމަށް އަލުން ރުޖޫއަވާން ދިވެހިން ބޭނުން ނުވާކަމަށާއި ޑރ. މުއިއްޒުގެ ކެމްޕޭނުގައިވެސް އަންހެނުން ޖަލަށްލާނެ ކަމަށް ވިދާޅުވެ ބިރު ދައްކަމުންދާ ކަމަށެވެ.

އަދި އެ ޕީޕީއެމްއަކީ ޑިފެންސް މިނިސްޓަރުން ހައްޔަރުކޮށް ޖަލަށްލުމުގެެ މާޒީ އޮތް ބައެއް ކަމަށާއި އޭރު ޑިފެންސް މިނިސްޓަރަށް ހުންނެވި ކާނަލް މުހައްމަދު ނާޒިމް ހައްޔަރުކޮށް ޖަލަށްލުމުންވެސް ދޫކޮށްލީ މި ސަރުކާރުން ކަމަށް މާރިޔާ ވިދާޅުވި އެވެެ.

މާރިޔާ ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަނީ އަންހެނުން ސިޔާސީ ދާއިރާއަށް ބާރުވެރިކުރުވުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް އިންތީހާބުގައި ރައްޔިތުން ވޯޓުލާއިރު މިކަންތަކަށް ވިސްނަންޖެހޭ ކަމަށާއި އަނިޔާވެރިކަމަށް ނޫނެކޭ ބުނަންޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: