ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިފަރުގެ ބިމުގެ ދަތިކަން ހައްލުކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ޕްލޭންކުރެވިފަ: ރައީސް ޞާލިހް

ޝެއާރކޮށްލާ ކަހަލަދޯ؟

ޅ.ނައިފަރަކީ އަބަދުވެސް ބިމުގެ ދަތިކަން އޮންނަ ރަށެއް ކަމަށާއި ބިމުގެ ދަތިކަން ހައްލުކުރުމަށް ގިނަ ކަންތައް ޕްލޭންކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

ކެމްޕެއިނަށް ޅ.ނައިފަރަށް ވަޑައިގެން ރައިސް ޞާލިހު ވިދާޅުވީ ނައިފަރަށް އަންނަން އޮތް އުމްރާނީ ތަރައްޤީ މިއޮތީ ނައިސް ކަމަށާއި އެރަށުގައި ބިމުގެ ދަތިކަން ހައްލު ނުވެ މިއަދުވެސް އެއޮތީ އެސަބަބާއިހުރެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މިސަރުކާރުގެ ފަސް އަހަރު ދައުރު ނިމިގެންދާއިރު އެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އަދި ހަމައެއާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި ދެވަނަ ދައުރެއް ލިބިއްޖިއްޔާ އެރަށުގެ ބިން މިހާރު ހިއްކަން ނިންމާފައިވާ ވަރަށްވުރެ ބޮޑުކޮށް ހިއްކައި އެރަށުން ބޯހިޔާވަހިކަން ފޯރުުކޮށްދޭނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. ނައިފަރުގެ ބިން ހިއްކުމަށްފަހު އެތަނުގައި 200 ހައުސިންގ ޔުނިޓް ނުވަތަ ފްލެޓް އަޅައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އެމްޑީޕީއަށް ވެރިކަން ލިބުނުއިރު ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމު ހެދުމުގެ މަޝްރޫޢު ވަނީ ބަޔަކާ ހަވާލުކުރެވިފައި ކަމަށާއި އެހެންކަމުން ގިނަ ދަތިތަކާއި ކުރިމަތިލާންޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ އެގްރީީމެންޓު އުވާލާ އަލުން އެގްރީމެންޓެއް ހަދައިގެން އެ މަޝްރޫޢު މިހާރު ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެރަށުގެ ބައެއް ގޭގެޔަށް އަދިވެސް ނަރުދަމާ ނިޒާމުގެ ޚިދުމަތް ނުލިބޭތީ އެކަންވެސް ވަރަށް އަވަހަށް ކޮށްދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި ސަރުކާރުން މިހާރު ނިންމާފައި އޮތީ 2.6 ހެކްޓަރުގެ މަގު ހެދުމަށް ކަމަށާއި އެހެންނަމަވެސް އެއަށްވުރެ ގިނަ މަގުތައް ޒަމާނީ ފެންވަރަށް ހަދައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ނައިފަރަކީ މަސްވެރި ރަށެއް ކަމަށާއި އެރަށުގެ މަސްވެރިންގެވެސް ގިނަ ޝަކުވާތައް އެބަހުރި ކަމަށެވެ. އަދި 40 އަހަރު ވެގެން ދިޔައިރުވެސް ފެލިވަރަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އެތަނުގެ މުވައްޒަފުންގެ މުސާރައަށްވެސް ބަދަލެއް ނާންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރު މެދުތެރެއިން މަސްވެރިކަމުގެ ސިނާއަތަށް ގެންނާނެ ބޮޑު ބަދަލު ފެނިގެންދާނެ ކަމަށާއި އޭރުން މަސްވެރިންނަށް މަހަށް ހަމައަގު ލިބޭނެ ކަމަށެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: