ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭމަންޑޫ އާއި ކިނބިދޫ ގުޅުވާލުުމަށް މުއިއްޒުގެ ވައުދު: ވިދާޅުވީ ކުރާ ހަރަދެއްގެ ބަދަލުގައި، ނަފާ ހޯދާނެކަމަށް!

ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭމަންޑޫ އާއި ކިނބިދޫ ގުޅުވާލުމަށް ވައުދުވެ، ކުރާ ހަރަދެއްގެ ބަދަލުގައި މިކަންކަމުން ނަފާ ހޯދާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ކެނޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މުއިއްޒު ވޭމަންޑޫއަށް ވަޑައިގަތީ ވިއްސާރަ ވަގުތެއްގައި ނަމަވެސް އެ ރަށުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަރުހަބާ ދެންނެވުމަށް ނިކުމެފައެވެ. އެކަމަށް ޝުކުރު އަދާކޮށް މުއިއްޒު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު  އެއްބުރުން ކާމިޔާބު ކުރުމަށް، ނަތީޖާ ނެރެދެއްވާނެ ރަށަކަށް ވޭމަންޑޫ ވާނެކަމަށެވެ.

ވޭމަންޑޫއަކީ އިގްތިސާދީ ގޮތުން ކުރިއަށް ދިއުމުގެ ފުރުސަތު އޮތް ރަށެއްކަމަށް ފާހަގަކުރައްވާ މުއިިއްޒު ވިދާޅުވީ ވޭމަންޑޫގެ ތަރައްގީއަށް ކޮށްދެއްވާނެކަމަށެވެވެ.

އެގޮޮތުން މުއިއްޒު ވޭމަންޑޫއަށް ވީ ވައުދުތަކުގެ ތެރޭގައި:

  • މަގުތައް ހަދައިދިނުން.
  • ބަނދަރު ރަނގަޅު ފެންވަރަށް ތަރައްގީ ކުރުން.
  • ހޮސްޕިޓަލް ތަރައްގީ ކޮށްދިނުން.
  • ބިން ހިއްކުން.
  • މިސްކިތެއް އިމާރާތްކޮށްދިނުން.
  • ކިނބިދޫއާއި، ވޭމަންޑޫ ގުޅުވާލުން.

ވޭމަންޑޫއާއި ކިނބިދޫ ގުޅާލާނީ، ކުރާ ހަރަދެއްގެ ބަދަލުގައި، އޭގެން ނަފާ ލިބޭ ގޮތަށްކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ވިދާޅުވިއެވެ. އަދި ބިން ހިއްކުމުން، އިތުރުވާ ބިމުންވެސް ނަފާ ހޯދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސިއްހީ ނިޒާމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ނިޒާމެއްކަމަށް ފާހަގަކޮށް މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މިކަމަށް ހައްލު ގެނެސްދެއްވާނެކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދެއްވާނެކަމަށާއި، ކުޅިވަރުގެ ފުރުސަތުތައްވެސް ހޯދައިދެއްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: