ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއާއި އަތޮޅުތެރެ ތަފާތެއް ނުކުރާނަށް، އެއްއަގެއް އެއްއުސޫލެއް އެއްހަމައެއް: ގާސިމް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ތަރައްގީ ގެންނަނީ މާލެއާއި އަތޮޅު ތެރެ އެއްވެސް ތަފާތު ކުރުމެއް ނެތި ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ގދ. ތިނަދުއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ގާސިމް ވަނީ އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކާއި ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފަޅަކު އެމަނިކުފާނަށް ތާއީދު ކުރައްވާ އެމަނިކުފާނާއެކު މަސައްކަތްކުރައްވަނީ ސުވާލު އުފައްދަވާފައެވެ.

ގާސިމް ވިދާޅުވީ އެބޭފުޅުން އެމަނިކުފާނާއެކު މަސައްކަތް ކުރައްވަނީ ވިޝަންއަކާއި މިޝަންއެއް، ކަންކަން ކުރުމުގެ ވިސްނުމަކާއި ފިކުރެއް އަދި ތަޞައްވަރެއް އެމަނިކުފާނު ގެންގުޅުއްވާތީ ކަމަށެވެ.

ގާސިމް މިމޭރުމުން ވާހަކަ ފުޅުދެއްކެވީ ތިނަދޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް މިރޭ ބޭއްވި ބައްދަލުވުމުގައެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެދޭ ތަރައްޤީއާ ތަހުޒީބު ހޯއްދަވާދެއްވާނެކަމަށާއި އެކަމަށް އެމަނިކުފާނު ހުންނެވީ ޖޯޝާއެކު ތައްޔާރުވެގެން ކަމަށެވެ. ތިނަދޫސިޓީއާ މިސަރަހައްދުގެ ރައްޔިތުން އުންމީދު ކުރަމުންދާ މަޝްރޫއުތައް އެމަނިކުފާނުގެ ވެރިކަމެއްގައި ފުރިހަމަކޮށްދެއްވާނެ  ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓާއި މިސަރަހައްދުގެ މަސްވެރިކަމުގެ ސިނާއަތް އެހެން ލެވެލްއަކަށް ގެންގޮސްދެއްވާނީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ. އެމަކިފާނުގެ ވެރިކަމެއްގައި މަސްވެރިންގެ އަތުން މަސްގަންނަ އަގު މަދުވެގެން 26 ރުފިޔާއަށް ބޮޑުކޮށްދެއްވާނެ ކަމަށެވެ. މަސްވެރިކަމުގެ ސިނާއަތުގައި އެމަނިކުފާނު މިހާތަނަށް ކުރައްވާފައިވާ އިންވެސްޓްމަންޓްތައް ސަރުކާރުން ގާއިމްކޮށްފައިވާ ފެސިލިޓީޒް ތަކަށްވުރެ ފުރިހަމަ ވާނެ ކަމަށާއި ކަންކަން ކުރެވޭނީ ކަންކުރުމުގެ ހެޔޮނިޔަތާއި ގާބިލްކަން ހުރި ފަރާތްތަކަށް ކަމަށެވެ.

ގާސިމް ވިދާލުވީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ މިއަދުގެ ގައުމުގެ ތަރައްޤީ މަޑުޖެހުމުންދާ ސަބަބު ކަމަށެވެ. މިސަރުކާރުން ރައްޔިތުންނަށް ވަނީ ޚިޔާނާތްތެރި ވެފައިކަމަށާއި ގައުމުގެ ފުދުންތެރިކަން އަމިއްލަ ޖީބަށް ޖަމާކުރަމުންދަނީ ގައުމު ފުޑާލާފައި ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޚުވީ މާލޭ ސަރަހައްދައް މީހުން ޖަމާކުރުމުގެ ބަދަލުގައި އެމަނިކުފާނު ގައުމު ބިނާ ކުރައްވާ ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމްކުރައްވާ ސިޓީތަކުގައި ތަހުޒީބު ވަސީލަތްތައް ގާއިމްކޮށް ފުރުޞަތުތައް އުފައްދައިގެންނެވެ. އެކަންކުރާނީ ދުނިޔޭގެ އެންމެ ތަހުޒިބު ސިޓީ ތަކުގެ ނަމޫނާއިއިންނާއި އެކަމުގެ އިލްމާއި ދިރާސާތައްކުރާ ކުރާ މާހިރުންގެ ލަފަޔާއި ބައިވެރިވުން ހޯދައިގެން ކަމަށެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖެތެރެއާއި މާލޭގެ ތަފާތު ނައްތާލާނެ ކަމަށެވެ. އެއްހަމައަކާއި އެއްއުސޫލެއް ގާއިމްކޮށްދެއްވާ އަގުތަކުގެ ތަފާތު ނައްތާލާނެ ކަމަށެވެ. އަސާސީ ހިދްމަތްތަކުގެ ބިލްތަކަށް ކޮށްފައިވާ ޖޫރިމަނާތައް މައާފްކޮށްދެއްވާނެ ކަމަށާއި ރައްޔިތުން ފެލާލައި އުޞޫލުން އަގުނަގާ ނެގުން ނައްތާލާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ރައްޔިތުންގެ ޖީބުތައް ފުރާދީ ތަނަވަސްކަން އިތުރުކޮށްދޭނެ ކަމަށްބުނެ އަންނަ ސަރުކާރުތަކުން މީގެ ކުރިން ރައްޔިތުންނަށް ދެއްކީ ދަޅަތަކެއްކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާލުވީ ބޭރުގައުމު ތަކުގެ ސިފައިން މިގައުމުގައި ބައިތިއްބާގެން ރައީސް ޞާލިހު އުޅުއްވަނީ ގައިގަތެޔޮ ދަމަންތޯ އެވެ. 25 އަހަރު ވަންދެން ރައްޔިތުންގެ މަޖިލީހުގައި އިދެ، ގާނޫނު އަސާސީ އާއި ގާނޫނުތައް ދަނެ، ގައުމުގެ ރައީސްކަން ލިބުމުން ޤާނޫނުއަސާސީ އާއި ގާނޫނު ތަކާއި ރައީސް ޞާލިހް ކަނޑައެޅިގެން ޚިލާފް ވެފައިވާކަމަށެވެ. މިއީ ރައްޔިތުންނަށް ދިން ކިހާބޮޑު ނިކަމެތިކަމެއްތޯ ގާސިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: