ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނަމާލެ ބުރިޖު ނުދިއްލާ ހުރީ ސިޓީ ކައުންސިލްގެ ސަބަބުންނެއް ނޫން: ކައުންސިލް

ސިނަމާލެ ބުރިޖު.
ޝެއާރކޮށްލާ ކަހަލަދޯ؟

ސިނަމާލެ ބުރިޖު ނުދިއްލާ ހުރީ ސިޓީ ކައުންސިލްގެ މައްސަލައަކުންކަމަށް ބުނެ ދެކެވޭ ވާހަކަތައް ކައުންސިލުން ދޮގުކޮށްފިއެވެ.

ސިނަމާލެ ބުރިޖުން އެއާޕޯޓަށް ލަބާލާ ހިސާބާއި ކައިރި، ލައިޓްސްތައް ނުދިއްލާ ހުންނަކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ.

މިއީ ސިޓީ ކައުންސިލްގެ ސަބަބުން ހައްލު ނުވެ ހުންނަ މައްސަލައެއްކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށް ސިޓީ ކައުންސިލުން ބުނީ، ބުރިޖުގެ ކަންކަން ބެލުމުގެ ޒިންމާ މަތިކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީއާއިކަމަށެވެ.

ޕްލޭނިން މިނިސްޓްރީއާއި މާލެ ސިޓީ ދެމުގައި އެކި ކަންކަމުގައި މައްސަލަޖެހޭކަން ފާހަގަކުރެވެއެވެ. މާލެ ސިޓީގެ މެންޑޭޓުގެ ދަށުގައި ހުންނަ ކަންކަންވެސް ކައުންސިލްގެ ބެލުމުގެ ދަށުން ނަގާ، ޕްލޭނިން މިނިސްޓްރީއިން ހިންގާކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ. އެގޮތުން މާލެ ސަރަހައްދުން ގޯތި ދޫކުރުމުގެ މަސްއޫލިއްޔަތު އޮންނާނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންކަމަށް ކައުންސިލުން ބުނެއެވެ. ނަމަވެސް މިކަން ކުރަމުންދަނީ ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: