ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ ވެރިކަމެއްގައި މެންޓަލް ހެލްތް ފަރުވާ އާސަންދައިން އެއްކޮށް ކަވާކޮށް؛ އިންޓަނޭޝަނަލް ހޮސްޕިޓަލެއް!

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މެންޓަލް ހެލްތްގެ ފަރުވާ އާސަންދަ މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖައްސައިދީ، އިންޓަނޭޝަނަލް ފެންވަރުގެ މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅުއްވާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ނަފްސާނީ މައްސަލަތަކާއި ކުރިމަތިލާން ޖެހޭ އެތައް ބަޔަކު ތިބިއިރު، ފަރުވާގެ ނިޒާމު ރަނގަޅު ނުވުމާއި އައިޖީއެމްއެޗުގެ މެންޓަލް ހެލްތް ޑިޕާޓްމަންޓުގައި ދެހާހަށް ވުރެ ގިނަ ބަޔަކު ވެއިޓިން ލިސްޓުގައި ތިބިކަން ފާހަގަކުރެވެ އެވެ. މިރޭ ސަންގުޓީވީން ކުރިޔަށް ގެންދިޔަ ”އާސްކް މުއިއްޒު“ ޕްރޮގްރާމުގައި ވެސް އާންމުންގެ ފަރާތަކުން ފާހަގަކުރީ އާއިލާގެ މެމްބަރެއް ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކާއި އަދި ޕްރައިވެޓް ކްލިނިކްގައި ޓެސްޓުތައް ހެދުމަށް ބޮޑު ހަރަދެއް ދިޔަކަމަށް ބުނެފަ އެވެ. އަދި އެކަމުގެ ސަބަބުން އާއިލާއަށް ވެސް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަ ކުރި އެވެ. އެހެންވެ އޭނާ ސުވާލު ކުރީ މެންޓަލް ހެލްތްގެ ދާއިރާއަށް މުއިއްޒު ގެންނާނެ ބަދަލާއި އަދި ސިޔާސަތުތައް އެކުލަވާލާފައިވާ ގޮތެވެ.

ޖަވާބުގައި މުއިއްޒު ވިދާޅުވީ ސިއްހީ ދާއިރާގެ ކުރިއެރުންތަކުގެ ސިޔާސަތުތަކުގައި މެންޓަލް ހެލްތަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް މިންގަނޑަށް ފެތޭ ގޮތަށް، ރާއްޖޭގައި މެންޓަލް ހެލްތް ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ހިތްހަމަޖެހުމާއި، ހިތްފަސޭހަކަން އަދި  އެ ނޫން ވެސް ގޮތްގޮތުން ބެލުމަށް ފަހު އެ ހޮސްޕިޓަލް އެޅުމަށް ނިންމާފައި ވަނީ މުއިއްޒު ވިދާޅުވި ގޮތުގައި ލ. އަތޮޅުގަ އެވެ. އެއާއި އެކު ފަރުވާއަށް އާސަންދައިގެ ތެރެއިން އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެއީ އެއްވެސް ހާލަތެއްގައި އާސަންދައިން ވަކި އިންސައްތައެއް ކަވަރު ކުރުމުގެ ސިޔާސަތެއް ނޫންކަމަށާއި މެންޓަލް ހެލްތާއި ގުޅުން ހުރި ބައިތަކަށް ބޭނުންވާ ފަރުވާގެ ހުރިހާ ބައެއް އާސަންދަ މެދުވެރިކޮށް ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

އާސަންދައިގެ ތެރެއިން، ސަރުކާރުން އެ ހަރަދުތައް ބެެއާ ކުރާނީ.. އެހެންވީމަ ފަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ

ރާއްޖޭގެ އިޖްތިމާއީ ހާލަތު ހުރި ގޮތުން، މިއީ ހައްސަ ސަމާލުކަމެއް ދޭން ޖެހޭ ސަބަބުތަކަށް ވާތީ މުއިއއްޒު ވިދާޅުވީ މި ދާއިރާއިން މީހުން ތަމްރީނުކޮށް، ތައުލީމު ފުރިހަމަ ކުރުމަށް ވެސް ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށެވެ.

މުއިއްޒުގެ މެނިފެސްޓޯގެ ސިއްހީ ދާއިރާއަށް ހާއްސަކޮށްފައިވާ ޗެޕްޓަރުގައި ވާގޮތުން، ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖްތަމައެއް ބިނާ ކުރުމަށް 24 ގަޑިއިރުގެ ހިދުމަތް ލިބޭނެ ނަފްސާނީ ކަންކަމާ މެދު މަޝްވަރާ ކުރެވޭނެ އަދި އެހީ ހޯދޭނެ ހެލްޕްލައިނެއް ގާއިމު ކުރުން ހިމެނެ އެވެ. އަދި ގައުމީ ފެންވަރުގައި ސިއްހީ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާއާއި އެހީތެރިކަން ދެވޭ މިމްވަރު އިތުރުކޮށް ހިދުމަތަށް ބޭނުންވާ ފަރާތްތަކަށް މަޑު ކުރަން ޖެހޭ މުއްދަތު ކުޑަކުރުމާއި އެކު ސައިކޮލޮޖިސްޓުންނާއި، ސައިކިއެޓްރިސްޓުންނާ، ކައުންސިލަރުންނާ، ތެރަޕިސްޓުންނާ، ސޯޝަލް ވާކަރުންގެ އެހީތެރިކަން ހޯދަން ފަސޭހަ ނިޒާމެއް ގާއިމު ކުރުން ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: