ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް އިބްރާހިމް ހއ އިހަވަންދުއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

 

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑީޑޭޓް ގާސިމް އިބްރާހިމް ހއ. އިހަވަންދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ރައްޔިތުން ކިޔައިފިއެވެ.

އިހަވަންދޫގެ ރައްޔިތުންނާ މުހާތަބްކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ނިކުތުމުގެ ސަބަބަކީ ގައުމާއި ރައްޔިތުންނަށް މިސަރުކާރުން ދިން ނިކަމެތިކަންކަމަށާއި ވައްޓާލި އަދަވަޅުން ލަގޮނޑިއަށް ކެތްނުވެގެން ގައުމާއި ރައްޔިތުން ސަލާމަތްކޮށް ދިނުމަށެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ހުންނެވިނަމަ ބޭސްފަރުވާއަށް ރައްޔިތުން ސަލާންޖަހާ މަންޒަރު ބަލަން ނުހުންނަވާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ ނިކަމެތި ރައްޔިތުން ބޭސްފަރުވާއަށް ސަލާންޖަހާއިރު ސަރުކާރުން އެތައްލައްކަ ޑޮލަރަކުން ބޭސްފަރުވާގެ ހިދްމަތްދޭ މީހުން އެބަތިބި ކަމަށެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނު ފިނޭންސް މިނިސްޓަރު ކަމުގައި އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަދަރާއި ބަންކަރިންގެ ހިދްމަތް ދުނިޔޭގެ އެންމެ މަތީފެންވަރަށް މިހިދްމަތްދޭ ފަރާތްތަކުގެ ލަފާޔާއެކު ކުރިއަށްގެންދަންބޭނުންވި ނަމަވެސް އެކަން ކުރުމަށް އެއްވެސް ވެރިއަކު ބޭނުން ނުވިކަމަށެވެ. ގާސިމް ވިދާޅުވީ އެ ޕްރޮޖެކްޓް ހިންގި ނަމަ މިއަދު މިސަރަހައްދުން ފެންނާނީ ތަނަވަސްކަމާއި އިޤްތިޞާދީ ކުރިއެރުން ކަމަށާއި ހުރިހާ ދާއިރާއަކުން އެތައް ގުނައަކުން ތަރައްޤީވެފައިވާ ރަށްތަކެއް ކަމަށެވެ.

ގާސިމްގެ އެޑްވައިޒަރ އަޙްމަދު ނިހާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ޙަރަކާތެރިވާ ގިނަ ސިޔާސީ މީހުންވަނީ ގާސިމް އިބްރާހިމްގެ އެހީތެރިކަން ހޯދާފައިވާކަމަށާއި އެމީހުންގެ ކާމިޔާބީގައި ގާސިމްގެ ހިއްސާ ބޮޑު ވާނެ ކަމަށެވެ. ނިހާން ވިދާޅުވީ މަގާމާއި ބާރު ލިބުމުން ގާސިމާ ދުރަންޖެހުނަސް ގާސިމްއެހީ ނުލިބުނުނަމަ މިބުނެވުނު ގިނަ މީހުން ލީޑަރުންނަށް ނުވާނެކަމަށެވެ.

ނިހާން ވިދާޚުވީ ގައުމަށާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ސަރުކާރުން ސަމާލުކަން ނުދިނުމަކީ ރައްޔިތުންނަށް ނިކުމެތިބި ހާދިމުންގެ ބޮޑު އިހުމާލުވުމެއް ކަމަށެވެ. 2020 ގެ އަހަރުތަކުން ތަރައްޤީ ގުނަމުންދާއިރު އަސާސީ ހިދްމަތްތަކަށް ރައްޔިތުން ސަލާންޖެހުމާއި ރައްޔިތުން ފުދުންތެރިނުވެ ސަރުކާރަށް ބޮޑު ޓެކްސްއެއް ދައްކަންޖެހޭ ބައެއްގެ ގޮތުގައި ޤައުމުގެ ދަރަނި ބޮލުގެ އަޅައިގެން ތިބެން ޖެހުމަކީ ބޮޑު ލަދުވެތިކަމެއްކަމަށް ނިހާން ވިދާޅުވިއެވެ. ނިހާން ވިދާޅުވީ މިހުރިހާ ކަމެއް ހައްލު ކޮށްދިނުމަށް ވައުދުވެ އައި މިސަރުކާރުން ކަމެއް ފުއްދާނުދެވި ވަނީ ފެއިލް ވެފައިކަމަށެވެ.

ކުރީގެ ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ އިހަވަންދުއަށް އައުމުން ފެނުނީ ތަފާތު މަންޒަރެއްކަމަށާއި މިސަރުކާރުގެ އަތްމަތިން ސިޔާސީ ބާރު ފުރޮޅެމުންދާ މަންޒަރު ކަމެށެވެ. ވޭތުވެދިޔަ ސަރުކާރުތަކަށް އިޚުލާސްތެރި ހިދްމަތެއް ރައްޔިތުންނަށް ނުކޮށްދެވުނުކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އަމީން ވަނީ ގާސިމްގެ ވެރިކަމުގައި ހުރި ފުރުޞަތުތަކާއި މެނިފެސްޓޯގައި ހިމެނޭ ކަންކަން އިހަވަންދޫ ރައްޔިތުންނަށް ހާމަކޮށްދެއްވާފައެވެ. ޒަމާނުއްސުރެ މަސްވެރި ރަށަކަށް އިހަވަންދޫ މަސްހޫރުވެފައިވާތީ އަމީން ވިދާޅުވީ މަސްވެރި ޝިނާއަތަށް އެންމެ ބޮޑު އިންގިލާބެއް ގެނެސްދެއްވާނީ ގާސިމް ކަމަށާއި ގާސިމްގެ މެނިފެސްޓޯގައި މަސްވެރިކަމުގެ ސިނާއަތަށް އިސްކަން ދެއްވާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: