ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްޕެއިން ކުރިއަށްދާއިރު، ނަޒާހަތްތެރިކަން އިސްކުރުމަކީ މުހިންމުކަމެއް: އޭސީސީ

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހަފްތާގައި އޮންނަ ރިޔާސީ އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ވޯޓުދޭން ބުނާނަމަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ މައްސަލަ ހުށައެޅުމަށް ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން ނެރުން ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރިއަށްދާއިރު، ނަޒާހަތްތެރިކަން އިސްކުރުމަކީ މުހިންމުކަމެއްކަމަށެވެ.

ކެމްޕެއިން ކުރިއަށް ދާއިރު ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރާ މީހުން، ވަކި ގޮތަކަށް ވޯޓު ހޯދުމަށް ނުވަތަ ވޯޓު ނުލުމަށް އެއްވެސް ނުފޫޒު ނުފޯރުވުމަށާއި ވަކި މީހަކަށް ވޯޓު ނުލުމަށް ބުނެ ރިށްވަތުގެ ގޮތުގައި ފައިސާ ނުވަތަ ހަދިޔާ ނުދިނުމަށް ދަންނަވަން.

އެސީސީން ބަޔާނުގައިވެއެވެ.

ރިޝްވަތަށް ހުށައެޅޭ އެއްވެސް ކަމެއް ކެންޑިޑޭޓެއްގެ ފަރާތުން ފެނިއްޖެނަމަ، އެ މައްސަލަ ވަގުތުން އޭސީސީއަށް ހުށައެޅުމަށާއި، އެފަދަ އެއްވެސް ހުށައެޅުމެއް ގަބޫލު ނުކުރުމަށް އޭސީސީއިން ވަނީ އިރުޝާދު ދީފައެވެ.

އިންތިހާބާއި ގުޅިގެން، މާލީ އަދި މާއްދީ ގޮތުންވެސް އެއްވެސް ފައިދާއެއް ލިބޭނެކަމެއް ނުކުރުމަށް އޭސީސީއިން ވަނީ އެދިފައެވެ.

އޭސީސީއިން ވަނީ މިފަދަ މައްސަލަތައް ބަލާ، ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: