ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓު ލީތަން ނޫން އެހެން ތަނަކަށް ދެވަނަ ބުރުގައި ވޯޓު ލުމުގެ ފުރުސަތު ހުޅުވާލާނެ: ހަބީބް

ފޮޓޯ: ވަގުުތު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސި އިންތިހާބަށް ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ދެވަނަ ބުރުގައި ވޯޓު ލުމުގެ ފުރުސަތު ވަރަށް އަވަަހަށް ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަންސްގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.ަ9 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުގައި 50 އިންސައްތަ އެއްވެސް ކެންޑިޑޭޓަކަށް ލިބިފައިނުވާތީ ދެވަނަ ބުރެއް ބޭއްވުމަށް އިލެކްޝަންސްއިން ވާނީ ނިންމާފައެވެ. ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހަކީ މިއަހަރުގެ ސެޕްޓެމަބަރު 10 ވަނަ ހޮނިހިރު ދުވަހުއެވެ. ހަބީބް ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވެފައިވަނީ ފުރަތަމަ ބުރުގައި ވޯޓުލީތަން ނޫން އެހެންތަނެއްގައި، ދެވަނަބުރުގައި ވޯޓުލާން ބޭނުންވާ މީހުންނަށް، އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަރަށް އަވަހަށް ހުޅުވާލައި، އެކަން ޢާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ.

8 ކެންޑިޑޭޓުން ވާދަކޮށް ބޭއްވި މި ރިޔާސީ އިންތިހާބުގައި ކުރިހޯދައިފައި ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. ޑރ. މުއިއްޒުއަށް ލިބިވަޑައިގެންފައިވަނީ %46.16 އެވެ. ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓަކު ވާދަކުރެއްވި ނަމަވެސް ދެވަނަ ބުރުގައި ވާދަ ކުރައްވާނީ 2 ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިމްބާރިމް މުހައްމަދު ސާލިހްއެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އޭގެތެރޭގައި މުޅިން އަލަށް ވޯޓުލެވޭ 27,006 ޒުވާނުން ހިމެނެއެވެ. އެހެން ނަމަވެސް ވޯޓުލުމަށް ނުކުމެފައި ވަނީ 223،288 މީހުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: