ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ބުރުގައި ރައީސް ނަޝީދު، ރައީސް ޞާލިހަށް ތާއީދުކުރައްވާނެކަމުގެ އުއްމީދު ބޮޑު: ފައްޔާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވާނެކަމުގެ އުއްމީދު ބޮޑުކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އޮފީހުގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ފައްޔާޒް ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާކުރީ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރަށް ކެމްޕެއިން ކުރިއަށްގެންދާނެ ގޮތަކާ މެދު ކަމަށެވެ.

ރައީސް ނަޝީދާ އެކު އެއްވެސް މަޝްވަރާއެއް ކުރިއަށްދޭތޯ އަދި ހުށަހެޅުމެއް ހުށަހަޅާފައިވޭތޯ ނޫސްވެރިންކޮށްފައިވާ ސުވާލުތަކަށް ޖަވާބުދެއްވަމުން ފައްޔާޒު ވިދާޅުވީ، ނަޝީދާ އެކު ވާހަކަ ދެކެވެމުން އަންނަ ކަމަށާއި، އެކަމަކު އެ މަނިކުފާނުގެ ފަރާތުން ވަކި ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، ދެ ރައީސުން އަނެއްކާވެސް އެކުގައި ފެނިދާނެ ކަމަށް އުއްމީދު ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑަށް ރައީސް ޞާލިހާއި ނަޝީދު އެކުގައި މަސައްކަތް ކުރައްވާ ތަން ހަމަ ފެނޭ. އެއީ، އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެން ތެރޭ ޖެހިފައި އޮތް ޕާސަނަލް މައްސަލަތަކަކާ ހެދި އެއްވެސް ބޭފުޅަކު މި ގައުމުގެ މުސްތަގުބަލު ގެއްލުވާލާނެ ކަމަކަށް. އެހެންވީމަ، އެ ވާހަކަ އެބަ ދެކެވޭ،” ފައްޔާޒު ވިދާޅުވި އެވެ.

ހަރުކަށި ފިކުރަށް މި ފަސް އަހަރަށް ވުރެ ބޮޑަށް އިތުރަށް ޖާގަ ދޭނެ ބަޔަކު ދެން އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ އެ މަނިކުފާނުގެ ރުހުން، ނުސީދާކޮށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް އޮތްކަން އިއްޔެ ހާމަކުރައްވައިފަ އެވެ.

ނަމަވެސް ރައީސް ނަޝީދު އިސްކޮށް ހުންނަވާ އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް އިން އިންތިޚާބުގެ ފުރަތަމަ ބުރުގައި ތިން ވަނަ ހޯދާފައިވާއިރު، އެ ޕާޓީއިން އިންތިޚާބުގެ ދެވަނަ ބުރުގައި އަރާނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުއިއްޒުގެ ފަހަތައްތޯ ނުވަތަ އެމްޑީޕީގެ ކެންޑީޑޭޓް ރައީސް ޞާލިހްގެ ފަހަތައްކަމެއް އަދި އެ ޕާޓީއިން ނިންމާފައެއް ނުވެއެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: