ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސް ޕާލިމެންޓަރީ ގްރޫޕްގެ އިންތިޚާބު އަންނަ ބުރާސްފަތި ދުވަހު

ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓްސް ޕާލިމެންޓަރީ ގްރޫޕްގެ އިންތިޚާބު އަންނަ ބުރާސްފަތި ދުވަހު ބާއްވާނެ ކަމަށް އެޕާޓީން ހާމަ ކޮށްފައެވެ.

މިއަދު ކުރިއަށްދިޔަ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ އިންތިޚާބު އަންނަ ބުރާސްފަތި ދުވަހު ބާއްވާނެ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ އެހާ އަވަހަށް އެ އިންތިޚާބު ބާއްވަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ޑިމޮކްރެޓްސް ތަމްސީލު ކުރެވެން އަންނަނީ އިންތިޚާބު ކުރެވިފައިވާ ޕާލިމެންޓަރީ ގުރޫޕެއް އޮވެގެން ކަމަށް ވާތީއެވެ. އަދި އެމަސައްކަތް މާދަމާ ފަށާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި ހަމައެއާއެކު އަސާސީ ޤަވައިދުގައި ބަޔާންކުރާ މަޤާމުތަމަށް މީހުން އައްޔަންކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދާ ކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ. އަދި އެއީ އިންތިޚާބުގެ މަސައްކަތެއް ނޫން ކަމަށާއި އެހެންނަމަވެސް އެއީ އިންތިޚާބާއި ގުޅޭ އުސޫލްތަކާއި ޤަވައިދުތައް އެކުލަވާލަން މަޝްވަރާ ކުރުމުގެ މަސައްކަތް ކަމަށް ވަނީ ވިދާޅުވެފައެވެ.

ދާދި އަވަހަށް އެ އިންތިހާބު ވެސް ބާއްވާނެ ކަމަށާއި ގޮފި ހެދޭނެ އުސޫލުތައް ހަދައި ގޮފި ހަދާނެ ކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގައި ތިންވަނަ ލިބުނު ޑިމޮކްރެޓްސްއިން އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާއި އެކު ކޯލިޝަން ހެދުމަށް އަދި ނުވިސްނައެވެ. އެހެންނަމަވެސް ޑިމޮކްރެޓްސްގެ ބައެއް މެންބަރުން ވިދާޅުވަމުންދަނީ ދެން އަނބުރާ ރައީސް ޞާލިހުގެ ފަހަތަށް ނާރާނެ ކަމަށެވެ. އެހެންނަމަވެސް ޑރ.މުއިއްޒަށް ތާއީދު ކުރާނެކަމަށްވެސް އަދި އިއުލާންކޮށްފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: