ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކަކޫ ނުޖަހާނަން، މައާފަށް އެދެން ޖެހޭ ހާލަތަކަށް ޖެހިލުމެއް ނެތް: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ﷲ ފިޔަވައި ކުޑަކަކޫ ޖަހާނެ އިތުރު ފަރާތެއް ނެތްކަމަށާއި، މައާފަށް އެދޭނީ ހަޤީގަތުގައިވެސް މާފަށް އެދެން ޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަނިކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގޭގައި މިރޭ ކުރިއަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، މިގައުމު އަނިޔާވެރިކަމުން ސަލާމަތްކުރާނީ އެމްޑީޕީގެ ލޯގޯކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް މުހިއްމުވާނީ ކުރިން ޕާޓީގައި އުޅު މީހެއް އެހެން މީހެއް ނޫންކަމަށް ވިދާޅުމވިއެވެ. މި ޕާޓީ އަދި މި ލޯގޯ އަބަދުވެސް ދިވެހި ގައުމު ސަލާމަތްކުރަން އޮންނާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މިގައުމު އަނިޔާވެރިކަމުން ސަލާމަތްކުރުމަށް 30 ސެޕްޓެމްބަރުގައި ނިކުމެ ރައީސް ޞާލިހްއަށް ވޯޓް ދިނުމަށް ގޮވާލެއްވިއެވެ.

އަޅުގަނޑުމެން ކުޑަކަކޫ ޖަހާނީ ހަމައެކަނި ﷲ ސުބަހާނަހޫވަތައާލާގެ ހަޒްރަތުގަ. އަޅުގަނޑުމެން ކުޑަކަކޫ ޖަހާނެ އިތުރު އެއްވެސް ފަރާތެއް ނެތް. އަޅުގަނޑުމެން މާފަށް އެދޭނީ އަޅުގަނޑުމެން ހަޤީގަތުގަވެސް މާފަށް އެދެން ޖެހިއްޖެ ހާލަތެއްގަ. ޖެހިލުމެއްވެސް ނުވާނެ މާފަށް އެދޭކަށްވެސް. މި ގައުމު އަނިޔާވެރިކަމުން ސަލާމަތްކުރާނީ އަބަދުވެސް މީންދަ ލޯގޯ އިނގޭތޯ. މި ޕާޓީއަކަށް އޭރުގަ އުޅުނު މީހެއް އެހެން މީހެއް މުހިއްމެއް ނޫން. މި ޕާޓީ މި ލޯގޯ މި ގައުމު އަނިޔާވެރިކަމުން ސަލާމަތްކުރަން އަބަދުވެސް އޮންނާނެ.
ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް މައާފަށް އެދުމުގެ ވާހަކަ ދައްކަވާފައި ވަނީ ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައދަލުވުމުގައި އެމްޑީޕީން މިއަދު އެއްބައިވުމަށް އެދުނު ނަމަވެސް އެކަން ކުރެވެން ނެތް ކަމަށާއި، އެކަން ކުރެވޭނީ ޕަބްލިކް ޓީވީ މެދުވެރިކޮށް ރައީސް ޞާލިހު ކުރީގެ ރައީސް ނަޝީދުގެ ކިބައިން މާފަށް އެދުމުން ކަމަށާއި ރައީސް ޞާލިހްގެ ކުރިން ފައްޔާޒު މާފަށް އެދެން ޖެހޭނެ ކަމަށާއި އޭގެ ކުރިން އެމީހުންނާއި ދިމާލަށް ބަލާވެސް ނުލާނެ ކަމަށް ނ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓްލުމަށްފަހު މަޑުކޮށްލައިގެން ދެ ދުވަސް މިތިބީ ކަންވީ ގޮތް ބެލުމަށްކަމަށް ފައްޔާޒް ވިދާޅުވިއެވެ. 56 އިންސައްތަ އިން މޮޅުވާނެކަމަށް އޭރު ބުނުމުން ގިނަ ބަޔަކު ވޯޓްލާން ނުގޮސް ތިިބިކަމަށް ވިދާޅުވިއެވެ. އެކަމަށް މާއާފަށް އެދިވަޑައިގެންނެވިއެވެ. މޮޅުވެފައި އޮތުމުން ފަރުވާ ކުޑަކޮށް ގިނަ ބަޔަކު ވޯޓްލާން ނުގޮސްތިބިކަމަށް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނަކީ ސަރުކާރެއް ނޫންކަމަށާއި އެ ކޮމިޝަން މިނިވަންވާނެކަމަށް ވިދާޅުވިއެވެ. އަދި އެ މުއައްސަސާ ހިންގުމަށް ބޭނުންވާ ފައިސާ ސަރުކާރުން ދީފައިވާކަމަށާއި އެހެންކަމުން ވޯޓްލާ މަރުކަޒުތަކުގެ އިންތިޒާމްތައް ދެވަނަ ބުރުގައި ހަރުދަނާ ކުރުމަށް ފައްޔާޒް ގޮވާލެއްވިއެވެ.

 މޮޅިވެފައޭ އަޅުގަނޑަށް ދެންނެވުމުން ގިނަ ބަޔަލު ވޯޓް ލާކަށް ނުދޭ، ފަސޭހަކަމެއް ނޫން އެއީ ކިއުއެއްގަ ޖެހިގެން ވޯޓް ލާން ދިއުމަކީވެސް. ވޯޓް ލުމުގެ ކަންކަން މިފަހަރު އިންތިޒާމް ކުރެވިފައި ހުރޮ ދަތިކޮށް. އިލެކްޝަންސް ކޮމިޝަނުން ރޭވުންތައް ރާފައި އޮތީ ދަތިކޮށް. ބައެއް ފަހަރު އިލެކްޝަންސް ކޮމިޝަނޭ ބުނީމާ ބައެއް ރައްޔިތުންނަށް ހީވޭ އެއީ ސަރުކާރޭ. އެއީ ސަރުކާރެއް ނޫން، ސަރުކާރުން ވާނީ އެބޭފުޅުންނަށް އެއްބާރުލުން ދީފަ ބޭނުންވާ ފައިސާ ދީފަ. އިލެކްޝަންސްއަށް ގޮވާލަން މި މުހިއްމު ނިންމުމުގައި އެއަށްވުރެ ރަނގަޅަށް އިންތިޒާމްތައް ރޭވުމަށް.
ފައްޔާޒް ވިދާޅުވިއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓް ލުމަށް ނިކުމެފައިވާ މީހުންގެ ނިސްބަތް މަދުވެފައިވަނީ ރީ ރެޖިސްޓްރޭޝަންގެ މައްސަލައިގައިކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެމްޑީޕީއަށް ލިބެންޖެހޭ 37،000 ވޯޓް މަދުކަމަށް ވިދާޅުވިއެވެ. ސަބަބަކީ ރީ ރަޖިސްޓްރޭޝަންކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅައި މިކަމަށް ސަމާލުކަން އެ ޕާޓީގެ ޓީމްތަކުން ކުރިއަށްގެންދާނެކަަމަށް ވިދާޅުވިއެވެ.

މި ދެދުވަހު މަޑުކޮށްގެން މިތިބީ ވޯޓް މަދުވި ސަބަބުތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށްކަމަށް ވިދާޅުވިއެވެ.

މީގެ 4 އަހަރު ކުރިން ރާއްޖެ އޮތްގޮތް ދިވެހިން ހަނދާން ނެތިފައި ތިބިކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅުގެ އަނިޔާވެރި ފިކުރަށް ބަދަލެއް ނާންނަކަމަށާއި ޑިމޮކްރޮސީގެ ނަމުގައި ވާހަކަ ދައްކަމުން އެދަނީ ހަމަ އޭރުވެސް އަނިޔާވެރިވި މީހުންކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މި ސަރުކާރުން އަދުލުވެރި ވެރިކަމަކާއި ޑިމޮކްރެޓިކް އުސޫލުން ހިނގާ ރީތި ވެރިކަމެއް ކޮށްފައިވާނެކަމަށް ވިދާޅުވިއެވެ. އެމްޑީޕީ ނޫން ވެރިކަމެއްގައި ނޫސްވެރިންނަަށްވެސް މިނިވަންކަމާއި އެކު ޚަބަރުފެތުރުމުގެ ފުރުސަތު ނުލިބޭނެކަމަށް ވިދާޅުވިއެވެ.

އިދިކޮޅިގެ ވެރިކަމެއްގައި އެންމެ ފުރަތަމަ އަނގަ ބަނދުކުރާނީ ނޫސްވެރިންނާއި ސޯޝަލް މީޑިއާގައި ބަސްބުނާ މީހުންކަމަށް ފައްޔާޒް ވިދާޅުވިއެވެ. ނޫސްވެރިންނަށްވެސް އެންމެ މިނިވަންކަމާއި އެކު ޚަބަރު ފެތުރުނީ މި ފަސް އަހަރުގެ ތެރޭގައިކަމަށް ވިދާޅުވިއެވެ.

30 ސެޕްޓެމްބަރުގައި ނިކުމެ އިންތިޚާބުގެ ދެވަނަ ބުރުގައި ރައިސް ޞާލިހް ނޫން ފަރާތްތަކަށް ވޯޓް ދެއްވި މީހުންވެސް ފުންކޮށް ގައުމާ ދޭތެރޭ ވިސްނަވާ ވޯޓް ދިނުމަށް ފައްޔާޒް ގޮވާލެއްވިއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: