ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ފައިސާ ބަހާފައިވާކަމަށް ނާޒިމް ވިދާޅުވެއްޖެ!

ޕޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސެ[ްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ސަރުކާރުން ފައިސާ ބަހާފައިވާކަމަށް އެމްއެންޕީގެ ފަރާތުން އިންތިހާބުގައި ވާދަ ކުރެއްވި އެ ޕާޓީގެ ރައީސް އަދި ރިޓަޔަރޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

2023ގެ ރިޔާސީ އިންތިހާބުގެ ދެވަނަބުރަށް ކެމްޕެއިން ކުރެއްވުމަށް ހުޅުމާލޭގައި ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ޖަގަހަ ޖަލްސާގައި ނާޒިމް ވިދާޅުވީ ސަރުކާރުން ފައިސާ ބެހިނަމަވެސް ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ފައިސާއަށް ނުބަލާ ގައުމު އިސްކޮށްގެން ކުރިއަށް ދިޔުމަށެވެ. އަދިފައިސާ އަކީ އެއްވެސް އެއްޗެއްނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ނާޒިމް ވަނީ އޭނާއަށް ކިޔުއްވާފައިވާ ހޫނު މަރުހަބާ ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އާއި ގުޅުމުން ފާހަގަވީ އާއިލާއެއްގެ ތެރެއަށް ވަދެވިގެން ދިޔަހެންކަމަށެވެ. ނާޒިމް ވިދާޅުވީ އެމްއެންޕީގެ މެނިފެސްޓޯއާއި އަދި ޕީއެންސީގެ މެނިފެސްޓޯގައި މާބޮޑު ތަފާތުކަމެއް ނެތްކަމަށެވެ. ދެ ޕާޓީން ވެސް މަސައްކަތް ކުރަމުން ދިޔައީ ގައުމު އިސްކޮށްގެން ކަމަށެވެ.

ނާޒިމް ވިދާޅުީ މިއަދު ބަސް ބުނުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަދި ހާރިޖީ ނަޒަރަކުން ބަލާނަމަ ރައްޔިތުން އަޅުވެތި ވެފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އިގްތިސާދީ ނަޒަރަކުން ބަލާއިރު ރައްޔިތުން ވަނީ އެހެން ބަޔަކަށް ބަރޯސާވެފައި  ކަމަށާއި އަދި ސިއްހީ ހިދުމަތަށް ބަލާއިރު އެހެން ބައެއްގެ އެހީތެރިކަމާއި ނުލާ ނޫޅެވޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. މިއަދު ބޯހިޔާވަހިކަމެއް ނެތި ޒުވާނުން ތިބީ މަގުމަތިވެފައި ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގިނަ ގޭގެއަށް ޒިޔާރާތްކުރެއްވި އިރު ފެނިވަޑައިގެންނެވީ އެތަންތާ ދިރިއުޅޭ މީހުންގެ ހާލަތު ވަރަށް ނިކަމެތި ހާލުގައި ހުރިތަން ކަމަށެވެ. އޭނާ ވިދާޅުވީ އެޕާޓްމެންޓު ތަކުގައި ދެދަންފަޅީއަށް ނިދާ މީހުން އުޅޭ ކަމަށެވެ. އަދި އެންމެ ފަހުން ދެވަނަ ފިޔަވަހީގައި އާބާދުވި މީހުން ބިންމަތީގައި ކާޑުބޯޑު އަޅައިގެން ނިދާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ބޭނުންފުޅުވާ ތަރައްގީއަކީ އެއީ ނޫން ކަމަށެވެ. ޕީޕީއެމްގެ ސަރުކާރުގައި ތަރައްގީ ގެނެސްދެއްވި ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ލީޑަރޝިޕްގެ ދަށުން ހުޅުމާލެއަށާއި ދެވަނަ ފިޔަވަހީގައި ދިރިއުޅުއްވާ މީހުންނަށްވެސް ތަރައްގީ ލިބޭނެ ކަމަށެވެ. މުއިއްޒުގެ ސިޔާސަތު ތަކަށް ބަލާލުމުން އެކަން ސާފުވެގެން ދާކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: