ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިޚާބާ ގުޅޭ ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތަކުގެ ތެރޭގައި ހުޅުމާލެ ގޯތި މައްސަލަ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) މެންބަރުން މަޖިލީހުގެ ކޮމިޓީއެއްގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިޚާބާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތަކުގެ ތެރޭގައި ހުޅުމާލެއިން ގޯތި ދޫކުރި ގޮތާގުޅޭ މައްސަލައެއް ހިމެނޭތީ އެ މައްސަލަ ބަލަމުން ގެންދާކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން ބުނެފައިވަނީ ރިޔާސީ އިންތިޚާބާއި ގުޅިގެން އިންތިހާބީ ކޮރަޕްޝަންގެ މައްސަލަތަކުގެ ގޮތުގައި މިއަދާހަމައަށް ޖުމްލަ 29 މައްސަލަ ލިބިފައިވާ ކަމަށެވެ.

މި މައްސަލަތަކުގެ ތެރެއިން 7 މައްސަލައެއް ތަހުޤީގުކުރަންޖެހޭ ކަމަށް ފެންނާތީ އެ މައްސަލަތަކުގެ ތަހުޤީގު މިހާރު ފަށާފައިވާ ކަމަށް އޭސީސީން މައުލޫމާތުދެއެވެ. އޭގެ ތެރޭގައި ދައުލަތުގެ މުދާލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި، ރިޝްވަތާ ގުޅުހުންހުރި މައްސަލަ ހިމެނޭ ކަމަށް މައުލޫމާތު ދީފައިވެއެވެ.

“މީގެ އިތުރުން ކޮމިޝަނަށް ހުށައެޅި ބަލަމުންގެންދާ މައްސަލަތަކުގެ ތެރޭގައި ހުޅުމާލެއިން ގޯތި ދޫކުރި ގޮތާއި، ގުރުއަތުލުން ކުރިއަށްގެންދިޔަ ގޮތާގުޅޭ މައްސަލައެއްވެސް ކޮމިޝަނުން ދަނީ ބަލަމުންނެވެ.” އޭސީސީން ބުނެފައިވެއެވެ.

އޭސީސީން އިތުރަށް ބުނެފައިވަނީ މި މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. ބައެއް ފިޔަވަޅުތައް އެޅޭނީ ބައެއް ކަންކަން ދެނެގަނެ ކަށަވަރުކުރެވިގެން ކަމަށާއި، ކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭސީސީން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: