ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްއާއި ބައްދަލުކުރައްވާ ކޯލިޝަން ހެދުމަށް ރައީސް ސާލިހް ސަން އައިލެންޑަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްއާ ބައްދަލު ކުރައްވައިފިއެވެ.

ރައީސް ސާލިހް ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންފައިވަނީ މެންދުރުފަހު 13:30 ކަންހާއިރުއެވެ. ރައީސް ސާލިހްއަށް މަރުހަބާ ދެއްނެވުމަށް މާމިގިލި އިންޓަރނޭޝަނަލް އެއާޕޯޓަށް ޖޭޕީގެ ލީޑަރ އަރިހުގައި އެޑްވައިސަރ އަލީ ވަހީދުއާއި އެޑްވައިސަރ ނިހާން އަދި އިސްމާއިލް ސުޖާ ވަޑައިގެންނެވިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ބައްދަލުވުމަކީ ދެބޭފުޅުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާފައިވާ ބައްދަލުވުމެކެވެ.

ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީން މިއަދު ގޮތެއް ނިންމަން ކައިރިވެފައި ވަނިކޮށް ރައީސް ސޯލިހް މިއަދު ސަން އައިލެންޑަށް ވަޑައިގެން ގާސިމްއާ މަޝްވަރާ ކުރައްވަން ނިންމެވިއިރު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ރޭ ސަން އައިލެންޑްގައި ކޯލިޝަން މަޝްވަރާތައް ވަނީ ކުރައްވާފައެވެ. ނަމަވެސް އެމަޝްވަރާތަކުން ލިބުނު ނަތީޖާއެއް އަދި ސާފެއް ނުވެއެވެ.

ގާސިމް އަކީ ރައީސް ސޯލިހް ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއްބޭފުޅާއެވެ. އަދި މިސަރުކާރު ދެމެހެއްޓުމުގައި ވެސް ގާސިމްގެ ހިއްސާ ބޮޑެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ގާސިމް ވަރަށް ބޮޑަށް ރައީސް ސޯލިހަށް ފާޑުވިދާޅުވިއެވެ. ހާއްސަކޮށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލަ އާއި ގުޅޭ ގޮތުން ގާސިމް ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވިއެވެ.

މީގެ ކުރިން 2008 ވަނަ އަހަރާއި އަދި 2013 ވަނަ އަހަރު ވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ތިންވަނަ ލިބިވަޑައިގެންނެވީ ގާސިމް އަށެވެ. އަދި ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބު ކުރެއްވީ ގާސިމް ތާއިދު ކުރެއްވި ކެންޑިޑޭޓުންނެވެ. އެހެންކަމުން ގާސިމްގެ ތާއިދު ލިބުމަކީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަން ޖެހޭ ކަމެއް ކަމަށް ގާސިމްގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިފައިވަނީ 5،460 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 2.47 އިންސައްތައެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީން އަމަލުކުރާނެގޮތެއް މިއަދު ނިންމާގޮތަށް ކުރިން ހަމަޖެހިފައި އޮތްނަމަވެސް، މިހާރު ވަނީ އެ ކައުންސިލް ބައްދަލުވުންވެސް ފަސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 86%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: