ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން ޕާޓީތަކުން މުއިއްޒުއާއި ގުޅުމަކީ ގައުމަށް އެންމެ ފައިދާ ބޮޑު ގޮތް: ޝުޖާއު

ހުޅުމާލޭގެ ކައުންސިލް މެމްބަރު، އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު/ ފޮޓޯ؛ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީ/ ޕީޕީއެމްގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ފަހަތަށް އެމްޑީޕީ ނޫން ޕާޓީތަކުން އެރުމަކީ ގައުމަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރުމުގެ ގޮތުން ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރެވެމުންދާއިރު ޝުޖާއުވަނީ އެމްޑީޕީ ނޫން އެހެން ޕާޓީތައް ޑރ މުއިއްޒުގެ ފަހަތަށް އެރުމަކީ އެންމެ އެދެވިގެންވާ ގޮތްކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީ ނޫން އެހެނިހެން ސިޔާސީ ޕާޓީތަކުން ޕީއެންސީއާއިއެކު ވަޑައިގެންދެއްވުމަކީ ގައުމަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް އޭނާ ދެކިވަޑައިގަންނަވާކަން ހިއްސާކުރެެއްވިއެވެ.

ޝުޖާއު ވަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނައަށް އަމާޒުކޮށްްް ދިން ބޮމުގެ ހަމަލާ އާއިމެދުވެސް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދުގެ ގައިގައި ބައިވަރު ލަކުނު ހުރިކަމަށް އެމަނިކުފާނުވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވިދާޅުވެފައިކަމަށާއި އެ މަނިކުފާނު ދެއްކެވި އެ ވާހަކަތަކަކީ ތެދެއްކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެ މަނިކުފާނުގެ ގައިގައި ބައިވަރު ލަކުނު ހުރިކަމަށާއި އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ފަސް އަހަރަކީ ރައީސް ނަޝީދާއި އެމެނިކުފާނުގެ ސަޕޯޓަރުންނަށްވެސް އުފާވެރި އަމާން ފަސް އަހަރަކަށް ވެފައިނުވާކަމާއިމެދު ޝައްކެއްވެސް ނެތްކަމަށެވެ. ޝުޖާއު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުންވަނީ ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލާފައިކަމަށާއި އެހެންކަމުން އެ ބައި އަނބުރާ ހޯދުމަށާއި ވައްކަމާއި ފަސާދައިގެ ސަބަބުން ގެއްލި ގޮސްފައިވާ މިނިވަންކަން ހޯދައި ދިވެހިންގެ ރާއްޖެއެއް ބިނާކުރުމުގެ ވިސްނުން އިސްކޮށް، ލަކުނު މަދު ރައްޔިތުން ދިރިއުޅޭ ފަސްގަނޑަކަށް ރާއްޖެ ހެދުމަށް އެމްޑީޕީ ނޫން އެހެން ހުރިހާ ސިޔާސީ ޕާޓީތަކުން ޑރ މުއިއްޒު އާއިއެކު ވަޑައިގެންނެވުމަކީ ދިވެހިރާއްޖެއަަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ކޯލިޝަން ހެދުމުގެ ވާހަކަތައް ދެކެވެމުންދާއިރު، ޕީއެންސީ ޕީޕީއެމްއިންވަނީ އެމްއެންޕީ އާއިއެކު ކޯލިޝަން އެއް ހެދުމަށް އެއްބަސްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: