ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އިސްތިގުލާލު އޮތީ ގައުމަކުން ސިފައިން އަރާ އިރަށް ގެއްލޭ ގޮތަކަށް ނޫން: ރީއްކޯ މޫސަ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކް.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން ގައުމުގެ އިސްތިގުލާލު ގެއްލިގެންދާނެކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތަކަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީއްކޯ މޫސަ) ރައްދުދެއްވައިފިއެވެ.

އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަަމުން މޫސަ ސުވާލުއުފެއްދެވީ ދިވެހި ސިފައިންނަށް އިތުބާރުކުރަންތޯއެވެ. ރާއްޖޭގެ ސިފައިންގެ ތެރޭގައި ބޮޑުންނަށް ތިބި ފަރާތްތަކުން ގައުމުގައި އިންޑިއާ ސިފައިން ނެތްކަމަށް ބުނަމުންދާކަން ފާހަގަކޮށް މޫސަ ވިދާޅުވީ މިނިވަންކަމާއި ގުޅުވާ ވާހަކަނުދެއްކެވި ނަމަވެސް ވޯޓު ހޯދޭނެ ގޮތް ގޮތް ހުންނާނެކަމަށެވެ.

މާލޭގެ މަގުތަކުގައި ބޭރުގެ ސިފައިން ތިބި ދުވަސް ފެނިފައިވާކަމަށާއި، ނަމަވެސް ގައުމުގެ ހާލަތު މިހާރު އޮތީ އެހެން ނޫންކަމަށް ފާހަގަކޮށް މުސަ ވިދާޅުވީ، އިދިކޮޅުން ވޯޓު ހޯދުމަށް ދައްކާ ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނާމާންކަން އުފެދެމުންދާކަމަށެވެ.

މިނިވަންކަމާއި އިސްތިގުލާލު ގެއްލެނިއްޔޭ ކިޔައިގެން ދައްކާ ވާހަކައިގައި މާލޭގެ ރައްޔިތަކު ޖެހިދާނެތީވެސް އަޅުގަނޑު ވަރަށް ދެރަވޭ. މީހުން ދައްކާ ކަހަލަ ވާހަކައެއް ނޫން.

މޫސަ ވިދާޅުވިއެވެ.

އިންޑިއާ ސިފައިންނަށް ރާއްޖެއިން ޖާގަ ދީފައިނުވާނެކަމަށާއި، ނަމަވެސް ބައިނަލްއަގުވާމީ ގުޅުންތަކުގެ ސަބަބުން ބޭރުގެ ގައުމުތަކާއިއެކު ރާއްޖެއިން މަސައްކަތް ކުރާކަން އެއީ އެންމެން ދަންނަ ހަގީގަތެއްކަމަށް މޫސަ ވިދާޅުވިއެވެ.

މިފަދަ ވާހަކަތައް ދެއްކުމުން ބައެއް މީހުންނަށް އޮޅުން އަރާކަމަށް މޫސަ ވިދާޅުވިއެވެ. މިފަދަ ވާޙަކަތައް ފަތުރަމުންދަނީ ބޭރުން ފަންޑު ހޯދައިގެން ތިބި ދެތި ހަތަރު ނޫސްވެރިއަކާއި، ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ކުރާ ކަމެއްކަމަށް މޫސަ ތުހުމަތު ކުރެއްވިއެވެ.

ރާއްޖެއަކީ ބައިނަލްއަގުވާމީ ދުނިޔޭގައިވެސް ބަލާގަންނަ ގައުމެއްކަމަށާއި، ރާއްޖޭގެ އިސްތިގުލާލު އޮތީ ތަނަކުން ސިފައިންގެ މީހަކު އަރާ އިރަށް މިނިވަންކަން ގެއްލޭނެފަދައިން ނޫންކަމަށް މޫސަ ވިދާޅުވިއެވެ. ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާނެކަމަށް ލަފާ ކުރެވެނީ އިދިކޮޅަށް ވެރިކަން ކާމިޔާބުވެއްޖެނަމަކަމަށް މޫސަ ވިދާޅުވިއެވެ.

ކަރަށް ނާރު ނަގާފަ، ދެތިން ނޫސްވެރިއަކާއި ތިން ހަތަރު މީހުން ދައްކައިގެން މުޅި ރާއްޖެ ފަސާދަކޮށް ނިންމައިފި. އެންމެން ބިރުން. ދެން އަޅުގަނޑަށް ހީވަނީ މުއިއްޒު ގައިގައި އެބަހުރިތޯއޭ އިންޑިއާ ސަރުކާރާއި ތަޅަންދާނެ ހިތްވަރު؟

މޫސަ ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ އޮފީހުން ލިޔާ ސިޓީއަކުން ރާއްޖެއިން އެހެން ގައުމެއްގެ ސިފައިންނަށް ޖާގަ ނުދެވޭނެކަމަށާއި، ގާނޫނު އަސާސީއިން އެފަދަ ކަންކަން މަތިކޮށްފައި އޮންނަނީ މަޖިލީހާއިކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އިދިކޮޅުގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ މޭޔަރކަމުގައި މާލޭގެ އަމާންކަންވެސް ނުދެމެހެއްޓުނުކަމަށެވެ. އެހެންކަމުން ދެން ގައުމުގެ މިނިވަންކަން ދަމަހައްޓާނީ ކިހިނެއްތޯ މޫސަ ސުވާލު އުފެއްދެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: