ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 408 މީހުން!

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެމްބަރ 9 ގައި އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަލަށް 408 މީހުންނަށް ވޯޓުލެވޭކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭ ގޮތުން މައުލޫމާތުދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު، މި މަހުގެ 30 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ މުއްދަތާއި ހަމައަށް އަލަށް 18 އަހަރު ފުރޭ 408 މީހުން ހިމެނޭކަމަށެވެ. އޭގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެއީ 212 ފިރިހެނުންނެވެ. އަދި 196 އަންހެނުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ފަރާތްތަށް އީސީއިން ވަނީ މި މަހުގެ 14 ގައި އިއުލާންކޮށްފައެވެ. މި ލިސްޓާއި ގުޅޭ ގޮތުން ޝަކުވާ ހުށައެޅުމުގެ ފުރުސަތު މި މަހުގެ 15 ގައި ހުޅުވާލާނެއެވެ.

ޝަކުވާ ހުށައެޅޭނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު ޝަކުވާ ހުށައެޅޭނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ. ޝަކުވާ ހުށައެޅުމުގެ މުއްދަތު ހަމަވާނީ އާދިއްތަ ދުވަހުއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށް ނަމަވެސް މިހާރު އައިސްފައިވާ ބަދަލާއިއެކު ދެވަނަ ބުރުގައި 282،803 މީހުންނަށް ވޯޓު ލެވޭނެއެވެ. އެހެން އަހަރުތަކުގެ ރިޔާސީ އިންތިހާބާއި އަޅާކިޔާއިރުގައި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ނިކުމެފައިވަނީ ނިސްބަތުން މަދު އަދަދެއްގެ ބަޔެކެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވަނީ މިހާރުގެ ރައީސުލްޖުމްހުރިއްޔާ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހާއި، އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒެވެ. އިންތިހާބުގެ ފުރަތަމަ ބުރު ޑރ މުއިއްޒު ވަނީ 100،723 ވޯޓާއިއެކު ރައީސް ސާލިހުގެ މައްޗަށް ކުރި ހޯއްދަވާފައެވެ. ރައީސް ސާލިހަށް ލިބިވަޑައިގެންނެވީ 85،126 ވޯޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: