ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްއިން ބުނަނީ ނިޒާމު ބަދަލުކުރުމަށް ވޯޓެއް ނެގުމަށް!

ރައީސް ނަޝީދު އިލްޔާސް ލަބީބު އަދި ހުސައިން އަމްރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ވެރިކަން ކުރަމުންދާ ނިޒާމު ބަދަލުކުރުމަށް ވޯޓު ނެގުމަށް ދަ ޑިމޮކްރެޓްސްއިން ހުށައަޅައިފިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނަވާ ޕާޓީ، ޑިމޮކްރެޓްސް އިންވަނީ އެ ޕާޓީގެ ޑިމާންޑު ހިއްސާކޮށްފައެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބު ވެވަޑައިގެންނެވި ކެންޑިޑޭޓު އިލްޔާސް ލަބީބު އަދި ރަނިންގްމޭޓު ހުސައިން އަމްރުވަނީ އެ ޕާޓީއިން ނިޒާމީ ވޯޓަކަށް ދިއުމަށް ބޭނުންވާކަން ހިއްސާކުރައްވާފައެވެ.

އިލްޔާސް ވިދާޅުވީ، ދެވަނަ ބުރަށް ދިއުމުގެ ކުރިން ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ހިޔާލު ހޯދުމުގެ ގޮތުން ދިވެހި ރައްޔިތުންގެ ތެރޭގައި އާންމު ވޯޓެއް ނަގަންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި އޭނާގެ ރަނިންގްމޭޓުގެ ގޮތުގައި ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރުވަނީ އިލްޔާސްގެ ވާހަތަކަށް ތާއީދުކުރައްވާ ޕޯސްޓެއް ކުރައްވާފައެވެ.

އަމްރު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ ގޮތުން އެ ޕާޓީގެ ހުށައެޅުމަކީ ނިޒާމީ ވޯޓަަކަށް ދިއުންކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިއަށް މި މަހުގެ 25 ވަނަ ދުވަހުގައި ނިޒާމީ ވޯޓެއް ކުރިއަށް ގެންދިއުން ޝަރުތުކުރާކަމަށާއި އެއަށްފަހު ވޯޓުލައިގެން ހޮވޭ ރައީސް، ރައްޔިތުންނަށް ފެނިއްޖެ ހާލަތެއްގައި ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރުންވެސް ޑިމޮކްރެޓްސްއިންވަނީ ހުށައަޅާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: