ރިޔާސީ އިންތިހާބިގެ ދެވަނަ ބުރުގައި ވާދަ ކުރާ ޕީއެންސީގެ ކެންޑިޑޭޓަށް ޑިމޮކްރެޓްސްއިން ހުށަހެޅި ހުށަހެޅުން އެ ޕާޓީން ގަބޫލު ނުކުރާ ކަމަށާއި ޕީޕީއެމްއިން އެއްބަސްވުމުގައި ސޮއިކުރަން އެއްބަސްނުވާ ކަމަށް ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ ޕީޕީއެމްއިން ޑިމޮކްރެޓްސްއާއި އެކު ދެކެވޭ އެއްވެސް ވާހަކައެއް ނުވަތަ ދެ ފަރާތުގެ ދެމެދުގައި ނިންމާ ނިމްމުން ތަކުގައިވެސް އަދި އެ ދެޕާޓީ އެކުގައި ކުރާ އެއްވެސް ކަމެއްގެ ލިޔުމެއްގައި ސޮއި ކޮށްގެން އެކަން ކުރައްވަން އެޕާޓީއިން ބޭނުންފުޅުނުވާ ކަމަށެވެ. އެހެންކަމުން ޕީޕީއެމް އާއި އެކު މަސަތްކަތް ކުރައްވަން އުނދަގޫ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ޑިމޮކްރެޓްސް އަކީވެސް ސިޔާސި ޕާޓީއެއްކަމާއި އެ ޕާޓީއިން އެއްބަސްވާ ކަންކަން ލިޔުމުން ފެންނަން ހުންނަންވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ޕާޓީގެ އާންމު މެންބަރުންނަށްވެސް އެޕާޓީގެ ކަންކަން އިނގެން ޖެހޭނެ ކަމަށާއި އަދި މަސައްކަތްތަކެއް ކުރާއިރު އެކިމުގެ އެއްބަސްވުމެއް އޮވެ އެ އެއްބަސްވުމުގައި ސޮއި ނުކުރެވޭ ނަމަ އެކަމުގެ ސީރިއަސް ކަމެއް ނެތް ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
ޕީޕީއެމްއާއި އެމްޑީޕީއަށް ހުށަހަޅާފައިވާ ހުށެހެޅުމަކީ ނިޒާމީ ވޯޓަކަށް ދިއުމުގެ ހުށަހެޅުން ކަމަށް އޭނާ ވިދާޅުވިއެވެ. ހަސަން ލަތީފް ވިދާޅުވީ ނިޒާމީ ވޯޓެއް ނެގުމަށް ހުށަހަޅާފައިވާނީ ރިޔާސި އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން، 25 ސެޕްޓެމްބަރު ގައި ކަމަށެވެ. އޭނާ ވިދާޅުވީ ވޯޓު ނަގަނީ ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމާއި ބެހޭގޮތުން ކަމަށެވެ.
މީގެ އިތުރުން ކޮށްފައިވާ މަޝްވަރާތަކަށް އެމްޑީޕީއިން އަދި ވަކިގޮތެއް ނުނިންމާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

