ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

‎ދެވަނަ ބުރަށް މި ނިކުތީ އެޓޭކް މޯޑްގަ، މެޗް ކާމިޔާބު ކުރާނަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ނިކުންނަވަނީ އެޓޭކް މޯޑުގައި ކަމަށާއި ބޮޑު ތަނުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެެއްޖެއެވެ.

ސޯސަން ޖަހައިގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ އެމަނިކުފާނު ނިކުމެވަޑައިގެންނެވީ މެޗަކަށް ކަމަށެވެ. އަދި ފުރަތަމަ ހާފް ނިމިއްޖެ ކަމަށް ވިދާޅުވިއެވެ. އަދި މެޗްގެ ފުރަތަމަ ހާފް ނިމުމަކީ މެޗު ނިމުމެއް ނޫން ކަމަށް ވިދާޅުވިއެވެ.

“ބައެއް ފަހަރު ފުރަތަމަ ހާފް ހަތަރު ލަނޑު އެއް ލަނޑުން ތިން ލަނޑު އެއް ލަނޑުން އެއް ބަޔަކު މޮޅުވޭ. އަނެއް ބަޔަކު ބަލިވޭ. އަޅުގަނޑުމެން މިއަދު މިތިބީ ތިނެއް އެކެއްގެ ތަފާތުން. އިރާދަކުރެއްވިއްޔާ ދެވަނަ ހާފްގައި ނުކުމެ ދެވަނަ ހާފްގައި ނުކުމެ އިތުރަށް ޖަހާ ފަސް ލަނޑު ޖަހާ ކާމިޔާބު ކުރާނަން” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުރަތަމަ ހާފްއަށް ފަހު ކުޅުންތެރިންގެ ވައްޓަފާޅިއަށް ވެސް ބަދަލުތައް ވެސް ގެނެސްފައިވާ ކަމަށެވެ. އަދި ބުންވަރު ހުރި މީހުން ކުރިއަށް ނެރެފައިވާ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

“މިހާރު މިދަނީ އެޓޭކް މޯޑުގައި. އިރާދަ ކުރެއްވިއްޔާ ގޯލު ދެން ޖަހާނީ، ގޯލަކަށް ފަހު ގޯލެއް.” ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ދެވަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އަދި ފުރަތަމަ ބުރުގައި ރީ ރަޖިސްޓްރީ ނުކެރެވި ރަނގަޅަށް ވޯޓު ލުމުގެ ކަންކަން ކުރިއަށް ނުދާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ރީ ރަޖިސްޓްރީކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންދަން ރައީސް އިލްތިމާސް ކުރެއްވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިހުއަށް 39 އިންސައްތަ ވޯޓް ލިބިވަޑައިގެންފައިވާއިރު އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގެންނެވީ 46 އިންސައްތަ ވޯޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: