ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބާއި ގުޅިގެން އޭސީސީއަށް ގިނަ މައްސަލަ ތަކެއް!

އެންޓި ކޮރޮޕްޝަންސް ކޮމިޝަން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެރިޔާސި އިންތިހާބާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އަށް ގިނަ މައްސަލަ ތަކެއް ހުށަހަޅައިފިއެވެ.

2023 ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) ހުށައަޅާފައިވާ މައްސަލަތަކުގެ ޖުމަލް އަދަދަކީ 32 އެވެ. އަދި މިހާތަނަށް ސިޔާސީ ޕާޓީތަކުން އެކޮމިޝަނަށް ހުށައަޅާފައިވަނީ ޖުމްލަ 3 މައްސަލަ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދީފައިވެއެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން ޤައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅާފައިވާ، އިލެކްޝަންސް ކޮމިޝަނުގެ އިޙްތިޞާސްތެރޭގައި ނުހިމެނޭ 4 މައްސަލައެއް މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން އޭސީސީއަށް ފޮނުވާފައިވާ ކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ.

މީގެއިތުރުން އެނޫން އެއްވެސް މައްސަލައެއް ނުވަތަ ޝަކުވާއެއް، އިންތިހާބީ ރިޝްވަތާ ގުޅޭގޮތުން އަދި އިންތިހާބާ ގުޅިގެން ދައުލަތުގެ ވަޞީލަތްތައް ބޭނުންކުރުމާ ގުޅޭގޮތުން ނުވަތަ އެހެން ފަރާތަކުން އީސީއަށް ހުށައަޅާފައިވާ ހުށަހެޅުމަކާ ގުޅިގެން ނަމަވެސް އީސީއިން މި ކޮމިޝަނަށް ފޮނުވާފައި ނުވެއެވެ. މީގެ އުތުރުން ޕީޕީއެމް/ޕީއެންސީ އިން 83 މައްސަލައެެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އިންތިހާބުގެ ކުރިން އޭސީސީން ނެރެފައިވާ ބަޔާނެއްގައި ނަޒާހަތްތެރިކަން އިސްކުރުމަށް ވަނީ އެދިފައެވެ. އެ ކޮމިޝަނުން ނެރުން ބަޔާނެއްގައި އިތުރަށް ބުނެފައިވަނީ، މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރިއަށްދާއިރު، ނަޒާހަތްތެރިކަން އިސްކުރުމަކީ މުހިންމުކަމެއްކަމަށެވެ. ރިޝްވަތަށް ހުށައެޅޭ އެއްވެސް ކަމެއް ކެންޑިޑޭޓެއްގެ ފަރާތުން ފެނިއްޖެނަމަ، އެ މައްސަލަ ވަގުތުން އޭސީސީއަށް ހުށައެޅުމަށާއި، އެފަދަ އެއްވެސް ހުށައެޅުމެއް ގަބޫލު ނުކުރުމަށް އޭސީސީއިން ވަނީ އިރުޝާދު ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: