ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އަޅުގަނޑުމެން ނުކޮށްދެވޭނެ ކަމެއްގެ ވައުދެއް ނުވާނަން” ޑރ. މުއިއްޒު

ޑރ މުއިއްޒު ކެމްޕެއިން އަށް ނ މާފަރަށް. ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކޮށްދެވޭނެ ކަމެއްގެ ވައުދެއް ރައްޔިތުންނަށް ނުވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަަށް ރ. ރަސްގަތީމަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މުއިއްޒު ފާހަގަ ކުރެއްވީ މި ދައުރުގައި ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގައި ފަށާފައިވާ މަޝްރޫއު ތައް ނިންމާފައިވާ ކަމެއްގެ ގޮތުގައި ދެއްކުމަށް ރިބަންކަނޑާ ހަދާފައިވާކަށެވެ.

އެގޮތުން އެފަދަ ދެ ތިން ރަށެއް މިހާރުވެސް ފެނިއްޖެ ކަމަށާއި، އެގޮތުން ރަސްގަތީމަކީވެސް އޭގެ ތެރެއިން އެއްރަށް ކަމަށެވެ.

”އަޅުގަނޑުމެން ކޮށްދޭނެ ކަމެއް ކޮށްދޭނަމޭ ބުނާނީ ކޮށްދިނުމަށް. ނުކޮށްދޭނެ ކަމެއް ކޮށްދޭނަމެކޭ ނުބުނާނަން. އަޅުގަނޑުމެން ކޮށްދެވޭނެތީ ކުރިމަތިލާއިގެން މިހިރީ. އަޅުގަނޑުމެން ނުކުރެވޭނެ ކަމެއްގެ ވައުދެއް ނުވާނަން. އެ ޔަގީން ކަން ރައްޔިތުންނަށް ދެން.” މުއިއްޒު ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ވަޑައިގެން ތާންގީ އެއް ބަހައްޓާފަ އިސްކުރޫއެއް ބަހައްޓާފަ ފެނުގެ ނިޒާމް ފެއްޓި ކަމަށާއި، ނަމަވެސް އެ ރަށުގެ ފެނުގެ ނެޓްވޯކް 75 ޕަސެންޓްވެސް ނުނިމޭ ކަމަށެވެ. މިގޮތުން ރަސްގަތީމުގެ ރަސްގަތީމަށް ވަޑައިގެން ކަނޑާލީ ރިބަން ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރަސްގަތީމުގެ ކަރަންޓްގެ ހިދުމަތް ރަނގަޅު ކުރުމަށް އަޅަން ބުނި އިންޖީނުގެއާއި، ފެނާއި ނަރުދަމާއާއި، އަދި  މަގުހެދުން ކަމަށްވީ ނަމަވެސް އެކަންތައްތައް އެމަނުކުފާނުގެ ވެރިކަމެއް ކޮށްދޭނެ ކަމަށާއި، ފަށާފައި ކަމެއް ނުހުއްޓާ ނިންމާނެ ކަމަށެވެ.

އެހެންކަމުން މަޝަރޫއެއް ފަށާއިފި ކަމުގައިވާނަމަ ރައްޔިތުންނަށް އޭގެ ހަގީގީ މަންފާ ކޮށްދޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން މުއިއްޒު ވިދާޅުވީ ގިނަ މަޝްރުއުތައް ރަސްގަތީމަކޭ އެއްގޮތަށް މިހާރުވެސް އެކި ހިސާބުތަކުގައި ފެށިފައި އެބަހުރި ކަމަށާއި، އެއްވެސް މަޝްރޫއެއް އެމަނިކުފާނުގެ ވެރިކަމެއްގައި ނުހުއްޓުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: