ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހެޅޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހެޅޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގަވައިދު އިސްލާހުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ސިޔާސީ ޕާޓީ ތަކުގެ ގަވައިދަށް އިސްލާހުތަކެއް ގެނެސްފައި ވާކަމަށެވެ. އަދި ގަވައިދުގައިވާ ގޮތުގެ މަތިން އެކަކަށްވިރެ ގިނަ މީހުންނަށް ސިޔާސީ ޕާޓީ އުފެއްދޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީތަކުގެ ގަވައިދަށް މި އިސްލާހު ގެނެސްފައިވާއިރު އެ ގަވައިދުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފައްދާއިރު ހުށަހަޅާ ފޯމާއިއެކު މިކަމަށް އެދޭ މިހާގެ ނުވަތަ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީއަކާއި ކުށުގެ ރިކޯޑު ފޯމު ހުށަހަޅަންޖެހޭ ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއް އުފައްދަން އެދޭ ފަރާތަކުން ނުވަތަ ފަރާތްތަކުން، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ހަތް ދުވަހުގެ ތެރޭގައި އެ ފަރާތަކަށް ނުވަތަ ފަރާތްތަކަށް ލިޔުމުން ދޭންޖެހޭ ކަމަށްވެސް އެ ގަވާއިދުވައި ބަޔާންކޮށްފައިވެއެވެ.

ޕާޓީ ރަޖިސްޓްރީ ކުރެވުނުތާ ތިން މަސްދުވަހުގެ ތެރޭގައި 3000 މެމްބަރުންގެ ސޮއި ހަމަކޮށް ހުށަހަޅަންޖެހެއެވެ. އަދި ސޮއި ހަމަ ނުވެއްޖެނަމަ އެ އަދަދަށް ސޮއި ހަމަކުރުމަށް އިތުރު ތިން މަސް ދުވަހުގެ ުއްދަތެއް ދެވޭނެއެވެ. ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅާ ފޯމުތައް ފުރައިފައިވާ މީހުން އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެގެން ނުވާނެ ކަމަށް ގަވައިދު ބުނެއެވެ.

މގެއިތުރުން އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި މި ވަގުތު 10 ސިޔާސީ ޕާޓީއެއް ވަނީ ރަޖިސްޓަރީ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: