ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރު ތިލަފަޅުން ގޯތި ދޫކުރާނެ، އެތާގައި ދިރިއުޅޭނީ ބޭރު މީހުނެއް ނޫން: ރައީސް ސާލިހު

ސޯސަން ޖަގަހައިގައި އެމްޑީޕީއިން ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ދިރިއުޅޭ، އެހެން ރަށްރަށް ނިސްބަތްވާ ފަރާތްތަކަށް ގޯތި ދޫކުރާ ސަރަހައްދުތަކުގެ ތެރޭގައި އުތުރު ތިލަފަޅު ހިމެނޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕިއިން ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ގުޅިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އޭގެ ތެރޭގައި މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުންވެސް ހިމެނޭކަމަށާއި، އެގޮތުން ލޭގެ ރައްޔިތުންނަށް ދެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް ހުޅުވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރޭ މި ސްކީމު ހުޅުވާލާފައިވާއިރު، ރައީސް ވިދާޅުވީ އެ ސްކީމްގައި މާލޭގައި ދިރިއުޅޭރާ 20 އަހަރުވެފައިވާ މީހުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ތަފާތުކުރުމެއް ނެތި، ބިން މިލްކްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

އެކަމަށް އަޅުގަނޑުމެން ނިންމާފައި އޮތް އެއް ފަޅަކީ އެ ވިދާޅުވާ އުތުރު ތިލަފަޅު. އެތަނުގައި ދިވެހިން ދިރިއުޅޭނީ. ބޭރު މީހުންނެއް ނޫން ދިރިއުޅޭނީކީ.

ރައީސް ސާލިހު ވިދާޅުވިއެވެ.


ސޯސަން ޖަގަހައިގައި އެމްޑީޕީއިން ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: އެމްޑީޕީ

އެ ފަރާތްތަކަށް ގޯތި ދިނުމަށް ނިންމާފައިވަނީ އުތުރުތިލަފަޅުންކަމަށާއި، އެތަނުގައި ދިރިއުޅޭނީ ބޭރުގެ މީހުން ނޫންކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. މާލެއިން ވިލިމާލެއަށް، ގުޅީ ފަޅުން ތިލަފުއްޓަށް އަދި ތިލަފުށިން ގިރާވަރުފަޅަށް، ގިރާވަރުފަޅުން އުތުރު ތިލަފަޅަށް ބުރިޖުން އެތަން ގުޅުވާލުމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

އެތަނުގައި ދިވެހިން ދިރިއުޅޭނީ. ބޭރު މީހުންނެއް ނޫން އުޅޭނީ. މާލޭން ވިލިމާލެއަށް، ވިލިމާލޭން ގުޅިފަޅަށް، ގުޅިފަޅުން ތިލަފުށްޓަށް، ތިލަފުށިން ގިރާވަރު ފަޅަށް، ގިރާވަރުފަޅުން އުތުރުތިލަފަޅަށް، ބްރިޖުުން އެތަން ގުޅިގެންދާނެ.

ރައީސް ސާލިހު ވިދާޅުވިއެވެ.


ސޯސަން ޖަގަހައިގައި އެމްޑީޕީއިން ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: އެމްޑީޕީ

މިއީ ގައުމު އުފާވެރި އަމާން ތަނަކަށް ހެދުމަށް ކުރަމުންދާ މަސަައްކަތްކަމަށް ރައީސް ސާލިހު މި ޖަލްސާގައި ވިދާޅުވެފައިވާއިރު، މާލެ ސަރަހައްދުން ދޫކުރާ އިތުރު ގޯއްޗާއި ފްލެޓަށް ހުޅުވާލީ 4،000 އަށް ވުުރެ ގިނަ ގޯއްޗާއި 6،000 ފްލެޓު ހިމެނޭ ގޮތަށްކަމަށް ހައުސިން މިނިސްޓްރީއިން ބުންޏެވެ.

މި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކަށް ޝަރުތު ހަމަވި 19،842 މީހުންނަށާއި، އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި 16،923 މީހަކަށް ފްލެޓް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: