ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބާއި ގުޅިގެން ހުށައެޅޭ މައްސަލަތައް ތަހުގީގު ކުރަނީ ޖިނާއީ އަދުލުގެ ނިޒާމުން: އޭސީސީ

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބާއި ގުޅިގެން ހުށައެޅޭ މައްސަލަތައް ތަހުގީގު ކުރަނީ ޖިނާއީ އަދުލުގެ ނިޒާމުންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އިންތިހާބާއި ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކާއި، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ގުޅޭ ގޮތުން ހުށައަޅާ މައްސަލަތަކާއި، މީޑިއާގެ ވަސީލަތްތަކުން ފާހަގަކުރާ އަދި އެހެނިހެން ގޮތް ގޮތުން ކޮމިޝަނުގެ ސަމާލުކަމަށް އަންނަ ޝަކުވާތަކާއި ގުޅޭ މައްސަލަތައް، އެ ކޮމިޝަނުން ތަހުގީގު ކުރަމުން ގެންދާކަމަށެވެ.

ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަކީ ޖިނާއީ ތަބީއަތުގެ މައްސަލަތައްކަމުން، އެ މައްސަލަތައް ތަހުގީކުރުކުރުމުގައި ކޮމިޝަނުން ތަބާވަނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުން އެކަށައަޅާފައިވާ މިންގަނޑުތަކަކަށްކަމަށްވެސް ވެއެވެ. އަދި އެފަދަ މައްސަލަތައް ނިންމުމުގައި ބުރަވަނީ އެ މައްސަލަތަކާއި ގުޅިގެން ހުށަހެޅޭ އަދި ހޯދޭ ހެކި ގަރީނާގެ މައްޗަށްކަމަށްވެސްވެއެވެ.

ކޮމިޝަނަށް މައްސަލަ ހުށައަޅާއިރު، ލިބެން ހުރި އެކަށީގެންވާ ހެއްކާއިއެކު އެ މައްސަލައެއް ހުށައެޅުމަކީ އެފަދަ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް ކޮމިޝަނުން ކުރަމުންދާ މައްސަލަތްތަކުން ނަތީޖާ ނެރުމަށް ލިބޭނެ އިތުރު ބާރެއްކަމަށް އޭސީސީއިން ފާހަގަކުރެއެވެ. އަދި ކެމްޕެއިން ކުރުމުގައި ދައުލަތުގެ ވަސީލަތް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ހުށައެޅުމާއި، ރިޝްވަތު ހިފުންފަދަ އަމަލުތަކުން ދުރުހެލިވުމަކީ ކޮރަޕްޝަން ހުއްޓުވުަމށް ލިބިގެންދާނެ ހިތްވަރެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ވޯޓު ދިނުމުގެ ހައްގު ހެޔޮ ގޮތުގައި ބޭނުންކޮށް، ވޯޓު ދިނުމުގެ ޒިންމާ އަދާކުރުމުގައި އެއްވެސް ފަރާތަކުން ހުށައަޅާ ރިޝްވަތުގައި ނުހިިފައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއިއެކު އެ ހައްގުގެ ބޭނުން ފުރިހަމައަށް ހިދުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.

ކޮމިޝަނުން މިފަދައިން ބުނެފައިވީ ނަމަވެސް، އޭސީސީއިން މައްސަލަތައް ނުބައްލަވާކަމުގެ ކަންބޮޑުވުން އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ އެބަ އޮތެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރި ރަޖިސްޓަރ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމުން، އެކަމުގައިވެސް އެކި ކަހަލަ ގޮތް ނޭނގޭ ކަންކަން ހިނގަމުންދާކަމަށާއި، އަދި މިނިވަން މުއައްސަސާތަކަށްވެސް ސަރުކާރުގެ ނުފޫޒު އެބަ އޮތްކަމަށް ފާހަގަކޮށް އިދިކޮޅުން އީސީއަށް ވަޑައިގަތުމަށްފަހު، ނޫސްވެރިންނާއި ބައްދަލުކޮށް އިދިކޮޅުން ބުނީ، މިފަދަ އެއްވެސް މައްސަލައެއް ބެލުމަށް އޭސީސީއިން މަސައްކަތް ނުކުރައްވާކަމަށެވެ.

އިދިކޮޅުގެ ފަރާތުން ހުށައަޅާފައިވާ އެއްވެސް މައްސަލައެއް ބަލަމުންދާކަން ނޭނގޭކަމަށާއި، އިތުރު ތަފްސީލެއް ނުލިބޭކަމަށް ފާހަގަކޮށް އިދިކޮޅުގެ ލީޑަރޝިޕްއިން ސިފަކުރި ގޮތުގައި އޭސީސީ އޮތީ ގަދަ ނިދީގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: