ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭ ދައްކާ ވާހަކަ ތަކުގައި އެއްވެސް އަސާސެއް ނެތް: ހަބީބް

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއިލް ހަބީބު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯޓު ކަރުދާސްތަކެއް ބޭރުވެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވާ ވާހަކަ އަކީ އެއްވެސް އަސާސެއް ނެތް ވާހަކަ ތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލުމަށް ބޭނުންކުރާ ވޯޓު ކަރުދާސްތައް ބޭރު ނުވާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ދީފައެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް އިންތިހާބުގައި ޗާޕްކުރާ ކަރުދާސްތަކަކީ ފެންވަރު ރަނގަޅު ސެކިއުރިޓީ ގޮތުން ވަކި ހަމައަކަށް ފެތޭ ވޯޓު ކަރުދާސްތަކެއް ކަމަށެވެ. އަދި ވޯޓު ކާރުދާސްތަށް ޗާޕު ކުރި އަދަދުވެސް އިލެކްޝަންސް ކޮމިޝަނުން ހާމަކުރާކަމަށް ހަބީބް ވިދާޅުވިއެވެ.

ޗާޕު ކުރާ ވޯޓު ކަރުދާސްތައް ފުލުހުންގެ ބެލުމުގެ ދަށުން ވޯޓުލާ މަރުކަޒުތަކަށް ގެންދާއިރު ގެންދާ އަދަދު ވެސް ހާމަ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ވޯޓު ލާ މީހުންގެ އަދަދާއި އަދި ބާކީވާ ކަރުދާހުގެ މައުލޫމާތުވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މިހާރު ވޯޓުލާ ބޫތުތައް ބަހައްޓާފައި ހުންނަ ގޮތުން ފަހަތު ޖީބަށް އެއްޗެއް ލިޔަސް އެނގޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ. އެހެންކަމުން ވޯޓު ކަރުދާސް ބޭރު ކުރި ކަމަށް ބުނެ، އެ ވާހަކަތައް ނުފެތުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންކަމަށްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: