ދަ ޑިމޮކްރެޓްސް ތިބީ ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އާއި އެކު ކަމަށް މޫސާ މަނިކް ވިދާޅުވެއްޖެއެވެ.
ޗާނދަނީ މަގުގައި ބޭއްވި ކަންމަތީ ޖަލްސާގައި މޫސާ މަނިކް ވިދާޅުވީ އެމްޑީޕީގެ ވޯޓު ގުނާނީ ޑިމޮކްރެޓްސް އާއި އެކު ކަމަށެވެ. އޭނާ ވިދާޅުވީ ބަޔަކަށް ތިބީ އޮޅިފައިކަމަށެވެ. މޫސާ މަނިކް ވަނީ ޑރ. މުއިއްޒު މާލޭގެ ކައުންސިލްގައި ވީ ކިތަށް އަހަރު ތޯ އެ ޖަލްސާގެ ބައިވެރިންނާއި ސުވާލު ކުރައްވާފައެވެ. އޭނާ ވިދާޅުވީ މާލޭގައި ދިމާވެފައިވާ ޕާކިންގެ މައްސަލަ އަދިވެސް ހަމަނުޖެހޭ ކަމަށެވެ. މާލޭގެ މަގުތަކުގެ ޕޭމަންޓު ހުރީ ކުރިންވެސް ހުރިގިތަށް ގާތަށް އެއްވަރު ނުކޮށް ކަމަށާއި އަދި މާލެއަށް އަރާ ފައިބަން ހަދާފައިވާ ތޮށި ގަނޑުގައި ބޯހިޔާކޮށްލާނެ ތަނެއްވެސް ހަދާފައި ނުވާކަމަށް މޫސަ ވިދާޅުވިއެވެ. އެހުރިހާ ކަމަކަށް ހައްލު ހޯދާނުދެވިފައި ވާއިރު ވެރިކަން ހަވާލުކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މޫސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އަނިޔާވެރިކަން ބޭނުންނުވާ ކަމަށެވެ. މާލެ ތޮއްޖެހިފައި އޮތީ އެއްވެސް މީހަކަށް ގޯތި ނުދިނުމުން ކަމަށް މޫސަ ވިދާޅުވިއެވެ. އެހެން ނަމަވެސް ރައްޔިތުންމަށް ގޯތި ދެއްވި ފަރާތަކީ ރައީސް ސާލިހް ކަމަށް އޭނާ ވިދާޅުވިއެވެ.
މޫސާ ޖަލްސާގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އިން ބުނަމުންދާ އިންޑިޔާ ސިފައިން ރާއްޖޭގައި ނެތް ކަމަށެވެ. އަދި އިންޑިއާ ސިފައިންނޭ ބުނެ ދައްކަނީ ދިވެހި ސިފައިން ކަމަށް މޫސާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީއާށް އެންމެ މުހިންމީ ގައުމުގެ އަމާންކަމާއި މިރާއްޖޭގެ ރައްޔިތުންކަމަށެވެ. އެހެންކަމުން އެ ޕާޓީއަށް ވުރެ ރައްޔިތުން މުހިންމު އެހެން ބަޔަކު ނުތިބޭނެ ކަމަށް މޫސަ ވިދާޅުވިއެވެ. އަދި ވިދާޅުވީ ބޭރުގެ އަވައްޓެރި ގައުމުތަކަށް އެއްޗެހިން ގޮވަމުންދިޔުމަކީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. މޫސާ ވިދާޅުވީ މާދަމާވެސް ރާއްޖެއަށް ކަމެއް ދިމާވެއްޖެނަމަ އެހީ ވާންތިބި ބަޔަކީ އިންޑިޔާ މީހުން ކަމަށެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް ދިމާވި ސުނާމީ، އަދި ކޮވިޑުގައި ވެސް އެހީތެރިވި ފަރާތަކީ އިންޑޔާ ކަމަށް މޫސް ވިދާޅުވިއެވެ.
މީގެއިތުރުން މޫސަ ވިދާޅުވީ އެމްޑީޕީއިން ވޯޓުގެ ކަންކަން ކުރަނީ ހިސާބު ޖަހައިގެން ކަމަށެވެ. އޭނާ ވިދާޅުވީ އިންތިހާބުގައި މަސައްކަތް ކުރާ ގޮތަކީ ފުރަތަމަ ބުރުގައި ނުހޮވިއްޖެނަމަ ދެވަނަ ބުރުގައި މަސައްކަތް ކުރުން ކަމަށެވެ. އެހެން ކަމުން ދެވަނަބުރުގައި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

