ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓް ފޮއްޓާއި ކަރުދާސް އަތޮޅު ތެރެއަށް ފޮނުވަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބޭނުންވާ ވޯޓް ފޮއްޓާއި ކަރުދާސް އަތޮޅު ތެރެއަށް ފޮނުވަން ފަށައިފިއެވެ.

ވޯޓްލާ ސާމާނު އަތޮޅު ތެރެއައަށް ފޮނުވަން މިއަދު ފަށާފައިވާއިރު،  ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމްލަ އަދަދު ކަމަށް އީސީން ބުނީ 282804 ކަމަށެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 282395 މީހަކަށް ކަމަށެވެ.

މި ބުރުގައި އަލަށް ވޯޓްލުމުގެ ހައްގު ލިބިފައިވަނީ 408 ފަރާތަކަށެވެ.

އިންތިހަބުގެ ދެ ވަނަ ބުރުގައި ވޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ރީރަޖިސްޓްރީކޮށްފަ އެވެ. 36،000 މީހުން، ވޯޓުލުމަށް ރީރަޖިސްޓްރީ ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

ރިޔާސީ އިންތިޚާބު 2023 (ދެވަނަ ބުރު) – ވޯޓުދިނުމުގެ ޙައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއި ކުރުން ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން އިންތިހާބާއި ގުޅުންހުރި ގިނަ މަސައްކަތްތައް ތަރުތީބުން ކުރެވެމުންދާ ކަމަށް އެކޮމިޝަނުން ބުނެއެވެ. ދެވަނަބުރުގެ ވޯޓްލުން ކުރިއަށްދާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

ވޯޓް ލުމަށް މިހާރު ބާކީ އޮތީ ތިން ދުވަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: