ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔަގީނުންވެސް ނޮވެމްބަރު ފަހެއްގެ ކުރިން އިންވަކިކޮށް ރަޖިސްޓްރީތައް ހަވާލުކޮށްދޭނަން: ރައީސް ސާލިހު

ލ ގަމުގައި އެމްޑީޕީއިން ބޭއްވި ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެމްބަރު ފަސް ވަނަ ދުވަހުގެ ކުރިން ވައުދުވެފައިވާގޮތަށް ގޯތީގެ އިން ވަކިކޮށް ރަޖިސްޓްރީތައް ހަވާލުކޮށްދެއްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީއިން ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ބައެއް މީހުން ދޮގު ވާހަކަތައް ފަތުރަމުންދާކަމަށެވެ. އަދި އެކަމުގެ ސަބަބުން ތަފްސީލީ ގޮތެއްގައި ބައެއް ވާހަކަތައް ދައްކަވަން މަޖުބޫރުވެވަޑައިގެންފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބޯހިޔާވަހިކަންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ފަށައިގަތުމުންނާއި ގޯތިދޫކުރަން ފެށުމުންވެސް ކަމުގެ ހަގީގަތް އޮޅުވާލައިގެން ވާހަކަތައް ދައްކަމުންދާކަމަށެވެ. ރައީސް ވިދާޅުވީ، އިވެމުންދާ ވާހަކަތަކާއި ގުޅިގެން ކަންބޮޑުވެ ބައެއް މީހުން ޝަކުވާވެސް ކޮށްފައިވާކަމަށާއި އެހެންކަމުން ގޯތި ދޫކުރި މީހުން އެކުލަވާލާފައިވާ ކޮމިޓީތަކާއި ބައްދަލުކުރެއްވިކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެންމެންގެވެސް ޝައްކުތަކެއް ހުރިކަމަށާއި ސަރުކާރުގެ ފަރާތުން ބޭނުންވާ ބައެއް ޔަގީންކަންތައް ހުރިކަމަށެވެ. އެގޮތުން ނޮވެމްބަރު 17 ވަނަ ދުވަހުގެ ކުރިން ގޯތި ދޫކޮށް ރަޖިސްޓްރީ ލިބޭނެކަމުގެ ޔަގީންކަމާއިމެދު ސުވާލު އުފެއްދިކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން ނޮވެމްބަރު ފަސްވަނަ ދުވަހުގެ ނިޔަލަށް ވައުދުވެފައިވާގޮތަށް ރަޖިސްޓްރީތައް ހަދާ ގޯތީގެ އިން ވަކިކޮށް ހަވާލުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އަދި އެ ލިޔުން ގާނޫނީ ގޮތުން ސައްހަ ލިޔުމަކަށް ވާނެކަމަށާއި އެކަމުގެވެސް ޔަގީންކަން އަރުވާކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: