ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރު ތިލަފަޅޭ ކިޔައިގެން ދައްކަނީ ހޮޅި ވާހަކަ: ޝާހިދު

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރު ތިލަފަޅޭ ކިޔައިގެން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ދައްކަނީ ހޮޅި ވާހަކައެއް ކަމަށާއި އެ މީހުން އުޅެނީ ކޯސްޓްގާނޑަށް އެކަށީގެންވާ ބަނދަރެއް ލިބިދާނެތީ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫ ސިޓީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ހެނދުނު ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އައްޑޫއަށް އެކި ސަރުކާރުތަކުން އިހުމާލްވެފައިވާ ކަމަށެވެ. އަދި އެކަން އެ ސިޓީގެ ރައްޔިތުން ހަނދާން ހުންނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ރައީސް ސޯލިހްގެ ފަސް އަހަރުގެ ތެރޭގައި އައްޑޫ ހިމެނޭހެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މަޝްރޫތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ހުރިހާ ރައްޔިތުން ހެކިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

“ޔާމީންގެ ޒަމާނުގައި މާލޭގައި ހިނގަމުންދިޔަ ފުޓްބޯޅަ މުބާރާތަކަށް ކަރަންޓު ބޭނުންވެގެން އައްޑޫގައި ހުރި ޖެނެރޭޓަރު އުފުރާލައިގެން ގެންދިޔަ ހަނދާން ހުންނާނެ. ޔާމީންގެ ފަސްް އަހަރުގެ ތެރެގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން އައްޑޫގައި ބޭއްވި އެންމެ ގާބުރި އެއް ދައްކަންކެރޭ އައްޑޫގެ ރައްޔިތަކު ނުހުންނާނެ. މުއިއްޒު ވެރިކަމަށް އަތުވެއްޖެނަމަ އައްޑޫ ބާކީ ކޮށްލާނެ ކަމާމެދު ޝައްކެއްނެތް.” ޝާހިދު ވިދާޅުވިއެވެ.

އައްޑޫގައި މި ސަރުކާރުން ޕޮލިސް ޓްރޭނިން ސެންޓަރެއް އެޅުމަށް މަސައްކަތް ކުރަން ފެށުމުން އިދިކޮޅުން ފިތުނަ އުފައްދާ އެކި ވާހަކަތައް ދެއްކި ކަމަށް ވިދާޅުވިއެވެ. އެ ވާހަކަތަކަށް ވެގެންދިޔައީ “ހޮޅި” ވާހަކަތަކަކަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އިދިކޮޅުގެ ބޭނުމަށް އޭރުވީ ޕޮލިސް ޓްރެއިން ސެންޓަރު އިމާރާތްކުރުން ހުއްޓުވަން ކަމަށާއި އެތަނުގައި ތިބޭނީ އިންޑިއާ ސިފައިން ކަމަށް ބުނެ ރައްޔިތުންގެ ހިތުގައި ބިރު އުފެއްދީ އެހެންވެގެން ކަމަށް ޝާހިދު ވިދާލުވިއެވެ.

ނަމަވެސް މިއަދު އެތަނުގައި މަސައްކަތް އެއްކޮށް ނިމި އެ ސެންޓަރުގައި ކިޔަވަމުންދަނީ ދިވެހި ފުލުހުންނާއި އެ ދާއިރާގެ އެކި ކުދިން ކަމަށް ވިދާޅުވިއެވެ.

“އުތުރު ތިލަފަޅޭ ކިޔައިން ދައްކަމުންދާ ވާހަކައަކީ ވެސް ހޮޅި ވާހަކަތަކެއް. އެ އެއުޅެނީ އަޅުގަނޑުމެންގެ ފަހުރުވެރި ސިފައިންނަށާއި ކޯސްޓްގާނޑުގެ އުޅަނދުތަކުގައި ތިބި ފަޅުވެރިންނަށް އެކަށީގެންވާ ބަނދަރެއް ލިބިދާނެތީ އެކަމަށް ހުރަސް އަޅަން.” ޝާހިދު ވިދާޅުވިއެވެ.

ރާއްޖެއަށް ޑްރަގް ވަދެދާނެ ދިމަދިމާ ކޯސްޑްގާޑުން ބަންދުކޮށް ހަދާފާނެތީ އިދިކޮޅުން އެކަމާ ތެޅިބާލަމުންދާ ކަމަށް ވިދާޅުވިއެވެ. ރަނގަޅަށް ދުވާ އުނޅަދުތަކުގައި ނިކުމެ ޑްރަގް ވިޔަފާރިތައް ހުށްޓުވައިފިއްޔާ އޭގެ ގެއްލުވާނެ މީހުން މިއަދު ފިތުނަ ދޮލަގު ބޮލަށްލައިގެން ނިކުމެ އުޅެމުންދާ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: