ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެންބަރު ހައިތަމް އެމްޑީޕީއިން ވަކިވެއްޖެ، ވިދާޅުވީ ގަބޫލު ކުތެވޭ އުސޫލްތަކެއް އެޕާޓީގައި ނެތް ކަމަށް

މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.

ހައިތަމްގެ ފަރާތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ، އެ ޕާޓީއާ އޭނާ ގުޅުނީ ރާއްޖެއަށް ހިދުމަތްކޮށް، ދަތުރުގެ ބައިވެރިއެއްގެ ގޮތުން ކަމަށެވެ. އަދި އޭނާ ޕާޓީގައި ހޭދަކުރި މުއްދަތުގައި، ވަފާތެރިކަމާއި، އަމާނާތްތެރިކަމާއެކު ރައްޔިތުންގެ ހައްގު ހޯދައި ދިނުމަށް އެތަކެއް މަސައްކަތްތަކެއް މަޖިލީހުގައި ކުރެވިފައިވާނެ ކަމަށް އެ ސިޓީގައި ވެއެވެ.

އެގޮތުން އޭނާ ހުށައެޅި މައްސަލަތަކުގެ ތެރޭގައި ގަވާއިދާއި ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައާއި، ކޮވިޑް 19 ގައި ފެންމަތިވި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ އާއި އެންޑީއޭ އިސްލާހް ކުރުމުގެ މައްސަލަ އާއި، ރާއްޖޭގައި ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ އަދި ނިޔާވަމުންދާ މައްސަލަތަށް ހިމެނެއެވެ.

ހައިތަމްގެ ސިޓީގައި ވިދާޅުވީ، މި މައްސަލަތަކަކީ ރައްޔިތުންގެ ހައްގުތަކާއި ގުޅިފައިވާ މުހިންމު ކަންތައްތަކަށް ވާއިރު، އަދި އެމްޑީޕީއަކީ ވެރިކަން ކުރާ ޕާޓީއަށްވެފައި މިކަންކަމަށް އަހަންމިއްޔަތު ކަމެއްދީގެން އެކަށީގެންވާ ހައްލެއް ހޯދުމަށް އޭނާއަށް ޕާޓީގެ ލީޑާޝިޕުން އެއްބަރުލުމެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އޭނާ ވިދާޅުވީ ގަބޫލުކުރެވޭ އުސޫލުތަކެއް ނެތް ޕާޓީއަކުން ވަކިވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައެވެ. އަދި ހައިތަމް ވަނީ ސެޕްޓެމްބަރު 26 ގައި އެޕާޓީއިން ވަކިވި ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން، ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖްވެސް ވަނީ އެމްޑީޕީ ދޫކުރައްވާ ޕީޕީއެމްއާއި ގުޅިވަޑައިގަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: