ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ އަތޮޅު ފެރީތަކުގެ ހިދުމަތް މާދަމާ މެދުކެނޑޭނެ!

އެމްޓީސީސީގެ ފެރީތައް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމް.ޓީ.ސީ.ސީގެ އަތޮޅު ފެރީތަކުގެ ޚިދުމަތް މާދަމާ މެދުކަނޑާލާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ދުވަސްކަމަށްވާތީ، އަތޮޅުތަކުގައި ދަތުރުކުރާ އާންމު ފެރީގެ ޚިދުމަތްތައް މެދުކަނޑޭނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް އެކުންފުނިން ތ، ލ އަދި މ. އަތޮޅުގެ އިތުރުން ޒޯން 6 އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރް.ޓީ.އެލް ފެރީ ދަތުރުތަކުގެ ޚިދުމަތް ކުރިއެކޭވެސް އެއްގޮތަށް މެދުކެނޑުމެއްނެތި ލިބެމުންދާނެކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.

އަތޮޅުތަކުގައި ދަތުރުކުރާ އާންމު ފެރީތަކުގެ ޚިދުމަތް މެދުކަނޑާލުމާގުޅިގެން ދިމާވެދާނެ ގޮންޖެހުންތަކަށް ކަސްޓަމަރުންގެ ކިބައިން އެމް.ޓީ.ސީ.ސީން ވަނީ މަޢާފަށް އެދިފައެވެ. އަދި މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެކުންފުނީގެ ހޮޓްލައިން 1650 އަކަށް ގުޅުމުން އެ މަޢުލޫމާތު ލިބިގެންދާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެމް.ޓީ.ސީ.ސީން ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮތް ދުވަހުވެސް އާންމު ފެރީތަކުގެ ޚިދުމަތް މެދުކަނޑާލާފައެވެ. ބުނެއެވެ. ޙިދުމަތް މެދުކަނޑާލުމަށް ހަމަޖެހިފައިވަނީ އަތޮޅުތެރޭގައި ދަތުރުކުރާ ލަކުޑި ފެރީތަކުގެއެވެ.

އެމް.ޓީ.ސީ.ސީން ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮތް ދުވަހުވެސް އާންމު ފެރީތަކުގެ ޚިދުމަތް މެދުކަނޑާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: