ޑރ. މުހައްމަދު މުއިއްޒުގެ އަދ ޕީޕީއެމް/ޕީއެންސީގެ ރަނިންމޭޓް ހުސެން މުހައްމަދު ލަތީފް (ސެންބެ) ވޯޓް ލައްވައިފިއެވެ.
ހުސެއިން މުހައްމަދު ލަތީފް ވޯޓްލައްވާފައިވަނީ 8:45 އެއްގައެވެ. ވޯޓް ލައްވާފައިވަނީ ތާޖުއްދީން ސުކޫލުގައި ބެހެއްޓިފައިވާ ވޯޓް ފޮއްޓަށެވެ.
މިގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓް ލައްވާނެ ގަޑިކަމަށް މައުލޫމާތު ލިބިފައިވަނީ 10:30 އަށެވެ. ރައިސް ސޯލިހު ވޯޓް ލައްވަނީ ޖަމާލުއްދީން ސުކޫލަށެވެ. މިއީ ކޮންމެ ފަސް އަހަރަކުން ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށާއި ކޮންމެ ރައްޔިތަކުވެސް ޒިންމާ ނަގައި ވާޖިބު އަދާކުރެއްވުމަށް ހުސެން މުހައްމަދު ލަތީފް ވަނީ ވޯޓް ލެއްވުމަށްފަހު ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝްނުންް ބުނީ މި ރިޔާސީ އިންތިހާބުގެ ވޯޓް ލުން ހަވީރު 5:00 އާއި ހަމަޔަށް ކުރިއަށްދާނެ ކަމަށެވެ. މި އިންތިހާބުގެ މި ބުރުގައި 282604 މީހަކަށް ވޯޓުލުމުގެ ހައްގު ހަމަވާއިރު މި ބުރުގައި ޖުމްލަ 586 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އޮބްޒަރވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 12،083 ފަރާތަކުން ހަރަކާތްތެރިވާނެ ކަމަށް، އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފައެވެ. އަދި މިއީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހަރަކާތްތެރިވި މީހުންނަށްވުރެ 3012 މީހުން އިތުރު އަދަދެކެވެ.

