ރިޔާސީ އިންތިހާބު 2023 ގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަމަށްވާ ރައީސް ސޯލިހާއި، އަދި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުގެ އަނބިކަބަލުން ވޯޓް ލައްވައިފިއެެ.
ފަސްއަހަރަށް ނިންމާ ބޮޑު ނިންމުން ނިންމާ ވަލިޔުލް އަމްރު ހޮވުމަށް މިއަދު ވޯޓް ލާފައިވާއިރު، ރައީސްގެ އަނބިކަބަލުން ފަޒުނާ އަހުމަދާއި، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުގެ އަނބިކަބަލުން ވޯޓް ލައްވާފައިވަނީ ދިހައެއް ޖަހަން އުޅެނިކޮށެވެ. ރައީސް ސޯލިހާއި، ޑރ. މުއިއްޒުވެސް މިހާރުވަނި ވޯޓް ލައްވާފައެވެ. އެގޮތުން މުއިއްޒު ވޯޓް ލައްވާފައިވަނީ ތާޖުއްދީން ސުކޫލުގައި ބެހެއްޓިފައިވާ ވޯޓް ފޮއްޓަށެވެ.
އަދި ރައީސް ސޯލިހު ވޯޓް ލައްވާފައިވަނީ ޖަމާލުއްދީން ސުކޫލަށެވެ.

