ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެން އަޅުގަނޑުގެ މަސައްކަތަކީ އެމްޑީޕީ ވަރުގަދަ އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި ބޭއްވުން : ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދެން ކުރައްވާނެ މަސައްކަތަކީ އެމްޑީޕީ ވަރުގަދަ އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި ބޭއްވުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ނޫސްވެރިންނާއި ބައްދަލުކުރެއްކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އިންތިހާބުން ބަލިވުމާއި އެކު ޕާޓީ ހިފައްޓައްޓަން ޖެހޭ ކަމަށެވެ. މިވަގުތު މަސައްކަތް ކުރައްވަން ބޭނުންފުޅުވަނީ ޕާޓީ ކުރިއަރުވަން ކަމަށެވެ.

ރިޔާސީ އިންތިހާބު ރައީސްއަށް ނާކާމިޔާބު ވެވަޑައިގެންފައިވާއިރު، ނާކާމިޔާބުވީ ޖުމްލަ ސައްބީސްހާސް ވޯޓްގެ ތަފާތުންނެވެ. އެމްޑީޕީ ވެރިކަމާއި ކުރިމަތިލިއިރު، އެމްޑީޕީވަނީ ދެފަޅިވެފައެވެ. ނަމަވެސް އެމަނިކުފާނުގެ ޕޮލިޓިކަލް ކެރިއާ ބައްޓަން ކުރައްވާނީވެސް ޕާޓީގެ ކުރިއެރުވޭނެ ގޮތުގެ މަތިން ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތުގެ ތެރޭގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމުގެ މަސައްކަތް ކަމަށާއި މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެމްޑީޕީ ފައްކާ ވަރަގަދަ ޕާޓީއަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: